އިނގިރޭސި ލީގު ކަޕްގެ ފައިނަލުގައި ލިވަޕޫލް ބަލިކޮށް، ނިއުކާސަލްއިން 70 އަހަރަށްފަހު ފުރަތަމަ ފަހަރަށް ޑޮމެސްޓިކް ތަށްޓެއް ހޯދައިފިއެވެ.
ރޭ ވެމްބްލީ ދަނޑުގައި ނިއުކާސަލްއިން ލިވަޕޫލް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ތަށްޓަކީ 1969 ވަނަ އަހަރަށްފަހު ނިއުކާސަލްއިން ހޯދި ފުރަތަމަ ތަށްޓެވެ. 1969 ވަނަ އަހަރު ނިއުކާސަލައިން އިންޓަ ސިޓީސް ފެއާސް ކަޕް ހޯދި އިރު، ރޭގެ ކުރިން އެންމެފަހުން ޑޮމެސްޓިކް ތަށްޓެއް ހޯދާފައި ވަނީ 1955 އަހަރުއެވެ. އެއީ އެފްއޭ ކަޕެވެ.
މެޗުގެ ކުރީކޮޅުން ފެށިގެން ނިއުކާސަލް ރަނގަޅަށް ކުޅެމުން ގޮސް، ހާފު ނިމެން ދަނިކޮށް އެޓީމުން ލީޑުވެސް ނެގިއެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ނިއުކާސަލްއަށް މެޗުގެ ލީޑު ނަގައިދިނީ ޑެން ބާންއެވެ. ކޯނަރަކަށް އަރައި ބާން ޖެހި އެ ގޯލާއެކު ނިއުކާސަލް އުފާފާޅުކުރި އިރު، ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ، ދެވަނަ ގޯލެއް ޖެހިއެވެ.
މެޗުގެ 52 ވަނަ މިނެޓުގައި ޖާކޮބް މާފީ ޖައްސާލި ބޯޅަ ގޯލަށް ވައްދާލީ އެލެކްސެންޑާ އިސާކެވެ. އެ ގޯލާއެކު ނިއުކާސަލްއިން ތަށްޓަކަށް ކުރަމުންދިޔަ އިންތިޒާރަށް ނިމުން ގާތްގަނޑަކަށް ޔަގީންވި އިރު، ލިވަޕޫލުން ޖެހި ހަމައެކަނި ގޯލު، މެޗުގެ ފަހު ވަގުތުކޮޅުގައި ޖެހީ ބަދަލަކަށް އެރި ފެޑަރީކޯ ކިއޭސާއެވެ. އެ ގޯލަށްފަހު ލިވަޕޫލުން ދެވަނަ ގޯލަކަށް މަސައްކަތް ކުރި ނަމަވެސް، ނިއުކާސަލް ހިފަހައްޓާލިއެވެ.
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް