އެޕަލްއިން އޭގެ އިކޯސިސްޓަމްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ހިމެނުމަށް ކުރި މަސައްކަތުން ވަނީ ބޮޑު ހަލަބޮލިކަމެއް އުފައްދައިފައެވެ. މި ބަދަލުތަކާމެދު އެންމެން ހިތްހަމަޖެހިފައެއްވެސް ނުވެއެވެ.
އައިއޯއެސް 18.1 އާއެކު ތައާރަފުކުރި އޭއައި ފީޗާތަކުގެ ސެޓަށް ލިބިފައިވަނީ އެކި ކަހަލަ ރިއެކްޝަންތަކެވެ. ބައެއް މީހުނަށް މިއީ ބޭނުންތެރި އެއްޗެއްކަމުގައި ފެނުނު ނަމަވެސް، އަނެއްބައި މީހުން ވަނީ މި ފީޗާ އަމިއްލައަށް އެކްޓިވޭޓްވާތީއާއި އަޕްޑޭޓްތަކަށްފަހު އޭގެ މައްޗަށް ކޮންޓްރޯލް ގެއްލޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެޕަލް އިންޓެލިޖެންސްގައި ހިމެނެނީ ސްމާޓް ނޯޓިފިކޭޝަންތަކާއި، ލިޔުމުގައި އެހީތެރިވެދޭ ފީޗާތަކާއި، އޭއައިއިން އުފައްދާ އިމޯޖީތައް ފަދަ އޭއައި ބޭނުންކޮށްގެން މަސައްކަތްކުރާ ޓޫލްތަކެކެވެ. ނަމަވެސް މި އާ ކަންތައްތަކުގެ ސަބަބުން ބޭނުންކުރާ ބައެއް ފަރާތްތަކުން ވަނީ މި ފީޗާތައް ނުހިމެނުމަށް ކުރެވިދާނެ ކަންތައްތަކެއް ހޯދަން ފަށައިފައެވެ. ހާއްސަކޮށް އެންމެ ފަހުން ނެރުނު އައިއޯއެސް 18.3.2 އަޕްޑޭޓުން މި ފީޗާ އަލުން އެކްޓިވޭޓްކޮށް، އެކަމުން ބޭރުވުމުގެ އިހުތިޔާރެއްވެސް ނެތުމުންނެވެ.
ޑިވައިސްތަކުގެ މައްޗަށް އޮންނަ ކޮންޓްރޯލް އަލުން ހޯދުމަށް އަދި އެޕަލް އިންޓެލިޖެންސްގެ ނުފޫޒު މަދުކުރުމަށް ބޭނުންވާ ފަރާތްތަކަށް، މި ފީޗާ މުޅީން ނުހިމެނުމަށް ނުވަތަ އޭގެ ވަކިވަކި ފީޗާސްތައް ކަސްޓަމައިޒްކުރުމަށް ކުރެވިދާނެ ބައެއް ކަންކަން ތިރީގައި އެވަނީއެވެ.
އެޕަލް އިންޓެލިޖެންސް ޑިސޭބަލްކުރުމަށް ބޭނުންވާނަމަ، އެއީ ވަރަށް ފަސޭހަ ކަމެކެވެ. ފުރަތަމަ ސެޓިންގްސް އެޕް ހުޅުވާށެވެ. ތިރިއަށް ސްކްރޯލްކޮށް 'އެޕަލް އިންޓެލިޖެންސް އެންޑް ސިރީ' އިހުތިޔާރުކުރާށެވެ. އެތަނުން ފެންނާނީ އެޕަލް އިންޓެލިޖެންސް ޑިސޭބަލް އޮޕްޝަނެވެ. އެކަން ކުރުމުން، އޭއައި ބޭނުންކޮށްގެން މަސައްކަތްކުރާ ހުރިހާ ފީޗާތަކެއް، އޭގެ ތެރޭގައި އޭއައިގެ އެހީގައި ލިޔުމުގައި އެހީތެރިވެދޭ ޓޫލްތަކާއި، ނޯޓިފިކޭޝަންތަކުގެ ހުލާސާތަކާއި، ޖެންމޯޖީ (އޭއައިއިން އުފައްދާ އިމޯޖީތައް) ހިމެނޭގޮތަށް، ނުފެންނާނެ އެވެ. މީގެ އިތުރުން، އައިފޯން 16 ސީރީޒް ބޭނުންކުރާ ފަރާތްތަކަށް އެޕަލް އިންޓެލިޖެންސް ނުހިމެނުމުން ވިޝުއަލް އިންޓެލިޖެންސް ފީޗާތައް ބޭނުންކުރުމުގެ ފުރުސަތު ގެއްލޭނެއެވެ.
އެޕަލް އިންޓެލިޖެންސްގެ ބައެއް ފީޗާތައް ބޭނުންކުރަން ބޭނުންވެ، އެހެން ބައެއް ފީޗާސްތައް ނުހިމެނުމަށް ބޭނުންވާ ނަމަ، އެޕަލްއިން ވަނީ އެކަމަށް އިތުރު ގޮތްތަކެއް ހުށަހަޅައިފައެވެ. ވަކިވަކި ފީޗާސްތައް ނުހިމެނުމަށް، މި ފިޔަވަޅުތައް ފުރިހަމަކުރާށެވެ:
- މެސެޖްތަކުގެ ޚުލާސާ: ސެޓިންގްސް > މެސެޖަސް އަށް ގޮސް 'ސަމަރައިޒް މެސެޖަސް' ޑިސޭބަލްކުރާށެވެ. މިގޮތަށް ހެދުމުން އޭއައިއިން ތިބާގެ މެސެޖްތަކުގެ ހުލާސާ އުފެއްދުން ހުއްޓާލާނެ އެވެ.
- އޭއައިއިން އުފައްދާ ފޮޓޯތައް: އޭއައިއިން ފޮޓޯ އުފެއްދުމުގެ ޓޫލް ބޭނުންކުރަން ބޭނުން ނުވާނަމަ، ސެޓިންގްސް > ސްކްރީން ޓައިމް > ކޮންޓެންޓް އެންޑް ޕްރައިވަސީ ރެސްޓްރިކްޝަންސް އަށް ދާށެވެ. 'އިންޓެލިޖެންސް އެންޑް ސިރީ' އިޚުތިޔާރުކޮށް 'އިމޭޖް ކްރިއޭޝަން' ޑިސޭބަލްކުރާށެވެ.
- އެޕްތަކުން ދަސްކުރުން: އެޕަލް އިންޓެލިޖެންސުން ތިބާ ބޭނުންކުރާ އެޕްތަކުން ދަސްކުރެއެވެ. ވަކިވަކި އެޕްތަކުން މައުލޫމާތު އެއްކުރުން ހުއްޓުވުމަށް، ސެޓިންގްސް > އެޕަލް އިންޓެލިޖެންސް އެންޑް ސިރީ އަށް ގޮސް، 'ލާން ފްރޮމް ދިސް އެޕް' އިހްތިޔާރުކުރާށެވެ. އެއަށްފަހު އެޕަލް އިންޓެލިޖެންސުން ޓްރެކްކުރުން ހުއްޓުވަން ބޭނުންވާ އެޕްތަކަށް އެ އޮޕްޝަން ޑިސޭބަލް ކުރާށެވެ.
އެޕަލް އިންޓެލިޖެންސުން ޖެންމޯޖީ، ނޯޓިފިކޭޝަންތަކުގެ ހުލާސާ، އަދި ލިޔުމުގައި އެހީތެރިވެދޭ ފަދަ ފަސޭހަ ޓޫލްތައް ފޯރުކޮށްދޭ ނަމަވެސް، މިއީ އެންމެނަށް ބޭނުންވާ އެއްޗެއް ނޫނެވެ. މި ފީޗާ ނުހިމަނަން ބައެއް މީހުން ބޭނުންވަނީ މި ސަބަބުތަކާ ހުރެއެވެ:
ސްޓޯރޭޖް ބޭނުންކުރުން: އެޕަލް އިންޓެލިޖެންސްގެ ލޯކަލް އޭއައި މޮޑެލްތަކަށް ގާތްގަނޑަކަށް 7 ޖީބީގެ ސްޓޯރޭޖް ބޭނުންވެއެވެ. މިއީ ކުޑަ ސްޓޯރޭޖެއްގެ ޑިވައިސެއް ބޭނުންކުރާ މީހުނަށް ގޮންޖެހުމަކަށް ވާނެއެވެ.
އެއްގޮތަކަށް ނުހުރުން އަދި ސައްހަ ނުވުން: އޭއައިއިން އުފައްދާ މެސެޖްތަކުގެ ހުލާސާތަކާއި ފޮޓޯތައް ބައެއް ފަހަރު އުފެދިފައި ހުންނަނީ އެންމެ ރަނގަޅަކަށް ނޫނެވެ. އެއީ ކޮންޓެކްސްޓް ރަނގަޅަށް ނޭނގުމުގެ ސަބަބުން ނުވަތަ ސައްހަ ނޫން ނަތީޖާތަކެއް އުފެއްދުމުގެ ސަބަބުންނެވެ.
ޕްރައިވަސީއާ ގުޅޭ ކަންބޮޑުވުންތައް: އެޕަލްއިން ބުނާ ގޮތުގައި ގިނަ އޭއައި ޕްރޮސެސިން ހިނގަނީ ޑިވައިސްގެ ތެރޭގައި ކަމަށް ވީނަމަވެސް، ބޭނުންކުރާ ފަރާތްތަކުން ވަނީ އެމީހުންގެ ޑޭޓާ އަދި އިންޓަރެކްޝަންތަކުގައި އޭއައިގެ ދައުރާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ބައެއް ފަރާތްތަކަށް އެޕަލް އިންޓެލިޖެންސުން ފޯރުކޮށްދެނީ ފޮޓޯ ސާފުކުރުމާއި ސްމާޓް ނޯޓިފިކޭޝަންތައް ފަދަ ބޭނުންތެރި ފީޗާތަކެކެވެ. އެހެންނަމަވެސް އަނެއްބައި މީހުން އިސްކަންދެނީ އެމީހުންގެ ދުވަހުން ދުވަހަށް ބޭނުންކުރާ ކަންކަމުގައި އޭއައި ނުހިމެނުމަށެވެ. އެޕަލްއިން މި ފީޗާ ނުހިމެނުމުގެ ދާއިމީ އޮޕްޝަނެއް ހުށަހަޅަންދެން، މި ފީޗާތައް ބޭނުންކުރަން ބޭނުން ނުވާ ފަރާތްތަކަށް ކޮންމެ އަޕްޑޭޓަކަށްފަހު އެ ފީޗާތައް ޑިސޭބަލް ކުރެވިދާނެއެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ