ޗައިނާގެ ޕްރައިމަރީ އަދި ސެކަންޑްރީ ސްކޫލް ދަރިވަރުންނަށް އާޓިފިޝަލް އިންޓެލިޖެންސް، (އޭއައި) ކޯސްތައް ހިންގަން ނިންމައިފިއެވެ.
ޗައިނާގެ ބެއިޖިން އިން ވަނީ އެ ގައުމުގައި ތައާރަފުކުރާ އޭއައި ކޯސްތަކާއި ޓީޗަރުންނަށް ދޭން ޖެހޭ ތަމްރީނުތައް ދިނުމަށް މިއަހަރުގެ ސެޕްޓެމްބަރުން ފެށިގެން ސްކޫލްތަކުގެ ކަރިކިއުލަމްގައި ހިމެނުމަށް ނިންމައިފައެވެ.
ޗައިނާގެ އެޑިއުކޭޝަން އިދާރާއިން އާންމުކުރި ބަޔާނެއްގައިވާގޮތުން އޭއައި ކޯސްތައް ތައާރަފުކުރުމުން ކިޔަވައިދިނުމުގެ ހުރިހާ ހާލަތެއްގައިވެސް އޭއައި ބޭނުންކުރެވޭނެ އެވެ. އެގޮތުން ކޮންމެ ދުވަހަކު ސްކޫލް ނިމިގެން ކުރާނެ މަސައްކަތްތަކާއި ކްލަބްތަކުގެ ހަރަކާތްތަކާއި ދިރާސާތަކުގެ އިތުރުން ތައުލީމާ ގުޅޭ އެހެން ހަރަކާތްތަކުގައި ވެސއ އޭއައި ބޭނުން ކުރެވޭނެއެވެ.
ޗައިނާއިން ތައުލީމީ މުގައްރަރަށް އޭއައި ތައާރަފުކުރާން ނިންމާފައިވާއިރު، ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މިހާރު އަންނަނީ އޭއައި ޓެކްނޮލޮޖީ އެކި ކަންކަމުގައި ބޭނުންކުރަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ