ހުޅުމާލެ ފޭސް އެކެއްްގައި ތެޔޮ ރައްކާކުރާ ދެ ޓޭންކު ބަހައްޓަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ.
ސްޓެލްކޯ އިން ބުނީ، އެމްޓީސީސީއާ ހަވާލުކުރީ ޕީކް ސީޒަނަށް ތައްޔާރުވުމުގެ އިތުރުން ގްރޭޓާ މާލޭ ޕަވާ ޖެނެރޭޝަން ބެކަޕްގެ ގޮތުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ގާއިމުކުރާ ހުޅުމާލެ ޕަވާހައުސް އެންކްސް 2 ގައި 80،000 ލީޓަރުގެ ދެ ތެޔޮ ޓޭންކް ބެހެއްޓުމަށް ކަމަށެވެ.
ދެ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި އެ މަސައްކަތުގެ އަގަކީ 2.7 މިލިއަން ރުފިޔާއެވެ.
ޚަބަރު
ޚަބަރު