ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ގާއިމުކޮށްފައިވާ ހާފްވޭ ހައުސްއިން ފިލި ދެ މީހަކު މަސްތުގެ ހާލަތުގައި ތިއްބައި ހައްޔަރުކޮށްފިއެވެ.
ފުލުހުން އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެ، ގ. ސެންޓުގެއާގެ، މުހައްމަދު އަލި މަނިކު (40) އަދި ސ. ހިތަދޫ، ކުރިބޯށިގެ، މުހައްމަދު ޒަރީދު (37) އެވެ. ފުލުހުން އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
އެ ދެ މީހުން ހައްޔަރުކޮށް އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ވަނީ ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.
ކުރިމިނަލް ކޯޓުގައި އެ މައްސަލަ ތަހުގީގުކުރާ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ބުނީ އެ ދެ މީހުންނަކީ ހުޅުމާލޭގައި ހުންނަ ފަރުވާ ސެންޓަރުގައި ފަރުވާގެ ފުރުސަތު ދެވިފައިވަނިކޮށް އެތަނުން ފިލާފައިވާ ބައެއް ކަމަށެވެ.
އަދި އެ ދެ މީހުންނަކީ ބަންދާއި ހައްޔަރުގެ ރިކޯޑު އޮތް ބައެއް ކަމަށެވެ.
ކޯޓުގައި ވާހަކަދައްކަން ލިބުނު ފުރުސަތުގައި އެއިން އެއްވެސް މީހެއް ދިފާއުގައި ވާހަކަދައްކައިފައެއް ނުވެއެވެ.
ފުލުހުން ވަނީ އެ ދެ މީހުންނާ ދެކޮޅަށް ކޮންމެވެސް ވަރަކަށް ހެކި ހުށަހަޅައިފައެވެ. އެހެންވެ ކޯޓުން އަމުރުކުރީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ދެ މީހުން 15 ދުވަހަށް ބަންދު ކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު