އިނގިރޭސި އެފްއޭ ކަޕް ފަސްވަނަ ބުރުގައި ފުލަމް އަތްދަށުވެ، މެންޗެސްޓާ ޔުނައިޓެޑް ކަޓައިފިއެވެ.
މިރޭ ޔުނައިޓެޑް ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި ފުލަމް މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުލަމްގެ ގޯލްކީޕަރު، ބާންޑް ލެނޯ ތަފާތު ދެއްކިއެވެ. އޭނާ ވަނީ ދެ ޕެނަލްޓީއެއް މަތަކޮށްފައެވެ.
މެޗުގައި ފުރަތަމަ ލީޑު ނެގީ ފުލަމްއެވެ. ހާފު ނިމެން ދަނިކޮށް ފުލަމްގެ ގޯލު ޖަހައިދިނީ ކަލްވިން ބައްސޭއެވެ. ފުލަމްއިން ލިބުނު ކޯނަރަކުން ތަނަވަސްކުރި ފުރުސަތުގައި އޭރިއާ ތެރެއިން ރޮޑްރީގޯ މުނީޒް ފްލިކް ކޮށްލި ބޯޅަ ބައްސޭ ގޯލަށް ވައްދާލީ ފާ ޕޯސްޓުގައި ހުސްކޮށް އޮވެގެންނެވެ.
ދެވަނަ ހާފުގައި ޔުނައިޓެޑުން އެއްވަރުކުރަން ކުރި މަސައްކަތުގައި އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްއެވެ. ފެނާންޑޭޒަށް ސަޕޯޓަރުންނާއި ކްލަބަށް ކުރިން ކުޅުނު ބައެއް ކުޅުންތެރިންގެ ފާޑުކިޔުންވެސް އަމާޒުވެފައިވާ އިރު، ފެނާންޑޭޒް ގޯލު ޖެހީ ޑިއޭގޯ ޑަލޯ ނަގައިދިން ހުރަހަކުންނެވެ.
ދެ ޓީމަށްވެސް މެޗުން މޮޅުވާން ފުރުސަތުތައް ލިބިފައިވާ އިރު، އެމީލް ސްމިތު-ރޯއަށް ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާ މަތަކުރީ އަންދްރޭ އޮނާނާއެވެ.
ޕެނަލްޓީގައި ޔުނައިޓެޑް ނާކާމިޔާބުވީ ވިކްޓޯ ލިންޑަލޮފާއި ޖޯޝުއާ ޒިރްކްޒީ އަތުން ޕެނަލްޓީ ނާކާމިޔާބުވުމުންނެވެ.
އެފްއޭ ކަޕްގެ ކުއާޓާ ފައިނަލް ގުރު މިރޭ ނަގާފައިވާ އިރު، ފުލަމް ނުކުންނާނީ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށެވެ. ޕްރެސްޓަންއިން އެސްޓަން ވިލާއާ ދެކޮޅަށް ނުކުންނަ އިރު، މެންޗެސްޓާ ސިޓީ ނުކުންނާނީ ބޯންމައުތާ ދެކޮޅަށެވެ. ކުއާޓާ ފަހު މެޗުގައި ބްރައިޓަން ނުކުންނަން ޖެހޭނީ ނޮޓިންހަމްއާއި އިޕްސްވިޗް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް