އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ދެވަނަ ޑިވިޝަނުގެ ތާވަލު ފުލުގައި އޮތް ޕްލިމުތު އަރްގައިލް ބަލިކޮށް، މެންޗެސްޓާ ސިޓީން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ޕްލިމުތު ރޭގެ މެޗަށް ނުކުތީ ހަތަރުވަނަ ބުރުގައި ވަރުގަދަ ލިވަޕޫލްވެސް ކަޓުވާލައިފައެވެ. ރޭގެ މެޗަށްވެސް އެޓީމުން އުންމީދާއެކު ނުކުތް އިރު، 7800 ވަރަކަށް ސަޕޯޓަރުން ދިގު ދަތުރެއްކޮށް ސިޓީ ދަނޑަށް ވަދެފައިވެއެވެ.
އެ ސަޕޯޓަރުންނަށް މެޗުގެ ފެށުން އުފާވެރިވެސް މެއެވެ. އުމުރުން 24 އަހަރުގެ މަކްސީމް ޓަލޮވިއެރޯވްގެ ގޯލުން ފުރަތަމަ ލީޑު ނެގީވެސް ޕްލިމުތުންނެވެ. އެޓީމުން އެ ގޯލާއެކު ހާފު ނިންމާލަން ދިޔަ ނަމަވެސް، ކެވިން ޑި ބްރޭނާގެ ޕާހަކާއެކު ނިކޯ އޮރެއިލީ ވަނީ ސިޓީއަށް އެއްވަރު ކޮށްދީފައެވެ.
މެޗުގެ ފަހުކޮޅާ ޖެހެންދެން ޕްލިމުތުން ސިޓީ ހިފަހައްޓަމުން ދިޔަ އިރު، ކީޕަރު ކޯނޯ ހަޒާޑް ވަނީ މުހިއްމު ސޭވްތަކެއްވެސް ކޮށްފައެވެ. އާލިން ހާލަންޑާއޮ ބަނާޑޯ ސިލްވާގެ ހަމަލާތައްވެސް ކީޕަރު މަތަކުރި އިރު، ދެވަނަ ގޯލަކާއެކު ސިޓީއަށް ނަތީޖާ އަނބުރާލަ ދިނީވެސް އޮރެއިލީއެވެ.
މެޗުގައި ސިޓީއަށް ތިންވަނަ ގޯލެއް ޖަހައިދިނީ ކެޕްޓަން ބޭންޑްގައި ކުޅުނު ޑި ބްރޭނާއެވެ.
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް