ސްޕެނިޝް ލީގުގައި ރޭ ރެއާލް ބެޓިސްއިން ކުޅުނު މެޗުގައި ވަރުގަދަ ރެއާލް މެޑްރިޑް ބަލިކޮށްފިއެވެ.
ބެޓިސް ދަނޑުގައި ރޭ ރެއާލުން ކުޅުނު މެޗުގައި 2-1 އިން ބަލިވި އިރު، އެ ނަތީޖާއާއެކު އެޓީމަށް ތާވަލުގައި ވަނީ މަޑުޖެހުމެއް އައިސްފައެވެ. ރޭގެ މެޗުން މޮޅުވެ ރެއާލް އެއްވަނައަށް އަރަން ފުރުސަތު އޮތް ނަމަވެސް، އެޓީމަށް އެ ފުރުސަތު ގެއްލި މިވަގުތު އޮތީ ތިންވަނައިގައެވެ. އެއީ 26 މެޗުން 54 ޕޮއިންޓާއެކުގައެވެ.
ބާސެލޯނާ މިވަގުތު ދެވަނައިގައި އޮތީ 25 މެޗުން 54 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތް އިރު، އެޓީމަށް 26 މެޗުން 56 ޕޮއިންޓް ލިބިފައިވެއެވެ.
ރެއާލުން ރޭގެ މެޗު ފެށީ ރަނގަޅަށެވެ. މެދުތެރެއިން ކިލިއަން އެމްބާޕޭ ދުއްވާލި ޕާހެއްގައި ފާލެން މެންޑީ ކަނޑާލި ބޯޅަ ގޯލަށް ވައްދާލައިގެން ބްރަހީމް ޑިއާޒް ރެއާލަށް ލީޑު ނަގައިދިނެވެ. މެޗުގެ ކުރީކޮޅުގައި ރެއާލުން ލީޑު ނެގި އިރު، އެޓީމަށް އިތުރު ފުރުސަތުތައް ލިބި ބޭކާރުވެސް ވިއެވެ.
އެ ފުރުސަތުތައް ބޭކާރުވުމުގެ ނަތީޖާއެއްގެ ގޮތުން ހާފު ނިމުމުގެ ކުރިން ބެޓިސްއިން އެއްވަރުކުރިއެވެ. ޖޯނީ ކާޑޯސޯ ޖެހި ގޯޅާއެކު ބެޓިސް އެއްވަރުކުރި އިރު، ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ ބެޓިސްއިން މެޗުގެ ލީޑުވެސް ނެގިއެވެ.
އެ ގޯލު ބެޓިސްއަށް ޖަހައިދިނީ ކުރިން ރެއާލަށް ކުޅުނު އިސްކޯއެވެ. އިސްކޯއަކީ މީގެ ކުރިން ރެއާލްގައި ނުވަ އަހަރު ހޭދަކޮށްފައިވާ ކުޅުންތެރިއެކެވެ. އޭނާ ބެޓިސްއަށް ބަދަލުވެ، މިހާރު ކެޕްޓަން ބޭންޑްގައި ކުޅެމުންދާ އިރު، ރޭ ގޯލު ޖެހީ ޕެނަލްޓީއެއްގައެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ