ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުގެ މަގާމަށް ގއ. ވިލިނގިލި، ވައިޖެހޭގެ، ޔަޒްމީދު މުހައްމަދު އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ޖޭއެސްސީގެ މެންބަރު ކަމަށް ޔަޒްމީދު އައްޔަންކުރެއްވީ، ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި، ޖޭއެސްސީގެ ގާނޫނުގެ ތިންވަނަ މާއްދާގެ އަށްވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއްގެ ހައިސިއްޔަތުން ކަމަށެވެ.
ޔަޒްމީދު، އެ މަގާމަށް އައްޔަންކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި ރ. އިނގުރައިދޫ، ހިތްވަރު، މުހައްމަދު ސަމީރު ވަކިކުރެއްވުމަށްފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު