އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްކަމަށް މުހައްމަދު ޒާހިދު ދަފުތަރު ނަމްބަރު ރސ. 1548، އައްޔަންކޮށް، ނައިބު ރައީސް ކަމަށް އަބްދުއްރަހްމާން ސަލާހް ރަޝީދު، ރޯޒް، ކ. ހުރާ، އައްޔަން ކުރައްވައިފިއެވެ.
މި ދެ ބޭފުޅުން ވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އީސީގެ ރައީސްކަމަށް މުހައްމަދު ޒާހިދު އަދި ނައިބު ރައީސް ކަމަށް އަބްދުއްރަހްމާން ސަލާހް މިއަދު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ދެ ބޭފުޅުންނަށް ރުހުން ދޭން މަޖިލީހުން ފާސްކުރީ، ޖަލްސާގައި ތިއްބެވި 81 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު