ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ހދ. ނައިވަދޫގެ ކެޕްޓަން އަބްދުﷲ ޝާފިއު (ޝާއްޕެ) އަށް ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ކުރިއަށް ހުރި މެޗުތައް ނުކުޅެވޭނެ ކަމަށް ޓީމުން ބުނެފިއެވެ.
މިއަހަރު މުބާރާތުގެ ހދ. އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ޒޯން އެކެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ޝާއްޕެއަށް އަނިޔާވީ ޒޯން ފައިނަލް މެޗުގައެވެ. ޝާއްޕެގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ގަދަ 16 ގައި އެ ޓީމުން މައްޗަންގޮޅި ކައިރިން 7-0 އިން މޮޅުވި މެޗުގައި ޝާއްޕެ ކުޅެފައެއް ނުވެއެވެ.
އެ މެޗަށްފަހު ކޯޗު މުހައްމަދު އައްޒާމް "ވަން ސްޕޯޓްސް" އަށް ބުނީ މެޗުގެ ނަތީޖާ ރަނގަޅު ނަމަވެސް، ޝާއްޕެ ނެތްތަން ޓީމަށް ދައްކާ ކަމަށެވެ. އަދި ޝާއްޕެ ނެތުމުން އެކަމުގެ ކަންބޮޑުވުން އޮތް ނަމަވެސް، ޓީމު ކުރިއަށް ދާނެ ކަމަށްވެސް އޭނާ ބުންޏެވެ.
"ޝާއްޕެ ނެތްތައް ކޮންމެ ޓީމަކަށްވެސް ދައްކާނެ. ޝާއްޕެ ހުންނަނަމަ، އިދިކޮޅުން އަންނަ ޓީމު ޖެހިލުންވާނެ ކުޅުންތެރިއެއް އެއީ. އެހެންވީމަ އެތަންކޮޅު އޮންނާނެ. ޝާއްޕެ ފެނުން އެކަށީގެން ވިޔަސް، ޝާއްޕެ ނެތިވެސް ޓީމު ހަމަ ކުރިއަށް ދާނެ އިރާދަކުރެއްވިއްޔާ،" އައްޒާމް ބުންޏެވެ.
ޝާއްޕެއަކީ ރާއްޖޭގެ އެންމެ ވަރުގަދަ ފުޓްސަލް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ނައިވާދޫން އެންމެ ފަހުން 2023 ވަނަ އަހަރު މުބާރާތުގެ ކުއާޓާ ފައިނަލަށް ގޮސްފައިވާ އިރު، އެފަހަރު ވެސް ޓީމުގެ ތަރިއަކީ ޝާއްޕެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް