ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ސެވިއްޔާގެ މައްޗަށް ކުރިހޯދައިފިއެވެ.
ރޭ ރަށުން ބޭރުގައި ބާސާއިން މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. އެޓީމުން މިހާތަނަށް ލީގުގައި ކުޅުނު 23 މެޗުން 48 ޕޮއިންޓް ހޯދައި، ތިންވަނައިގައި އޮތް އިރު، ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބިފައި ވަނީ 23 މެޗުން 49 ޕޮއިންޓެވެ.
މިވަގުތު އެއްވަނައިގައި އޮތް އެންމެފަހުގެ ލީގު ޗެމްޕިއަން ރެއާލް މެޑްރިޑަށް 23 މެޗުން 50 ޕޮއިންޓް ލިބިފައިވާ އިރު، މޮޅަކާއެކު ބާސާއިން ވަނީ ޕްރެޝަރު ދަމަހައްޓާފައެވެ.
ރޮބާޓް ލެވަންޑޯސްކީ ޖެހި ގޯލާއެކު ބާސާއިން މެޗުގެ ކުރީކޮޅުގައި ލީޑު ނެގިތާ މިނެޓެއްވެސް ނުވަނީސް ސެވިއްޔާ އެއްވަރުކުރިއެވެ. ސެވިއްޔާ އެއްވަރުކުރި ލަނޑު ޖެހީ ރިބެން ވާގަސްއެވެ. ރޭ ލެވަޑޯސްކީ ޖެހި ގޯލަކީ މި ސީޒަނުގައި އޭނާ ޖެހި 19 ވަނަ ގޯލެވެ.
ދެވަނަ ހާފު މެޗު އެއްވަރުވެފައި އޮވެގެން ފެށިއިރު، ދެވަނަ ހާފަށް ބާސާއިން ވަނީ ފާމިން ލޮޕޭޒް ކުޅެން ނެރެފައެވެ. ހާފު ފެށިތަނުން އޭނާ ގޯލެއް ޖަހައި ލީޑު ނަގައިދިން އިރު، ރަފީނިއާގެ އިތުރު ގޯލަކުން ބާސާ ނަތީޖާގެ ފަރަގު ބޮޑުކޮށްލިއެވެ.
އެޓީމަށް މެޗުގެ ފަހު ވަގުތުކޮޅު އުނދަގޫކޮށް ދިޔައީ 62 ވަނަ މިނެޓުގައި ފާމިން ލޮޕޭޒަށް ދެއްކި ސީދާ ރަތްކާޑާއެކުގައެވެ. އެއީ ޖިބްރިލް ސޯއަށް ކުރި ނުރައްކާތެރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.
ބާސާއިން މެޗުގައި ޖެހި ފަހު ގޯލު ފެނުނީ ނިމެން ދަނިކޮށެވެ. އެގޯލު ޖެހީ އެރިކް ގާސިއާ އެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ