ހަޑި މުޑުދާރު ކޮންމެ ކަމެއް ފަށަނީ އެމްޑީޕީން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، މަޖިލިސް ތަޅުމާއި މަޖިލީހުން ބޭރުގައި އިދިކޮޅު އެމްޑީޕީން ކުރަމުންދިޔަ އިހުތިޖާޖަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ އެފަދަ ހަޑީ މުޑުދާރު ކަމެއްވެއްޖެއްޔާ ފަށާފައި ވަނީ އެމްޑީޕީން ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުުވުމުގެ ގޮތުން މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމުން، އެމްޑީޕީ މެންބަރު އަޑުގަދަކުރައްވައި ވަނީ އިހުތިޖާޖު ކުރައްވައިފައެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުންގެ ނަން އިއްވައި އެ މެންބަރުން ތަޅުމުން ނެރެންދެން މަޖިލިސް ޖަލްސާ ކުޑަ ވަގުތުކޮޅަކަށް މެދުކަނޑައިލިއެވެ.
އެކަމާ ގުޅިގެން ގާސިމް ވިދާޅުވީ، ކޮންމެ ރައީސަކު ހުންނެވި ނަމަވެސް ރިޔާސީ ބަޔާން އިއްވުމަށް މަޖިލިސް ތެރެއިން ހުރަސްއަޅާ ކަމަށެވެ. އެއީ ވަރަށް ހަޑި މުޑުދާރު ކަމެއް ކަަމަށާއި އެކަން ފެށީ އެމްޑިޕީން ކަމަށްވެސް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، އެއީ ކޮންމެހެން އެމްޑީޕީވެގެން ވިދާޅުވި ވާހަކައެއް ނޫން ކަަމަށެވެ.
"އެމްޑީޕީއަކާއި އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް، އެމްޑީޕީ މެންބަރަކަށް ނުވި ނަމަވެސް އަޅުގަނޑަކީ އެމްޑީޕީ އުފައްދަން މަސައްކަތް ކުރި މީހެއް، އެކަމަށް ސޮއިކުރި 42 މީހުންގެ ތެރޭގައި އަޅުގަނޑު ހިމެނޭނެ، އެއީ އިސްލާހީ މަސައްކަތަށްޓަކައި ކުރިކަމެއް،"
ނަމަވެސް ގާސިމް ވިދާޅުވީ، ސިޔާސީ ބާރުވެރިކަން ބޭނުންވެގެން، ގައުމު ހަލަބޮލިކޮށް، ރައްޔިތުންނާއި ގައުމު ހަލާކުގެ މަގަށް ގެންދަން އެމްޑީޕީން މަސައްކަތް ކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު