ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ޒޯން އެކެއްގައި ކުޅުނު ފުރަތަމަ މެޗުތައް، ހއ. އަތޮޅު ޗެމްޕިއަން ވަށަފާރާއި އެ އަތޮޅުގެ ރަނަރަޕް ދިއްދޫން ކާމިޔާބު ކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ވަނީ ޒޯން އެކެއްގެ ކުޅުން ފަށައިފައެވެ. އެ ޒޯނުގައި ވާދަކުރަނީ ހއ. އަތޮޅުގެ ޗެޕިއަން ވަށަފަރާއި ރަނަރަޕް ދިއްދޫގެ އިތުރުން ހދ. އަތޮޅުގެ ޗެމްޕިއަން ނައިވާދޫ އަދި ރަނަރަޕް ނޭކުރެންދުއެވެ.
ވަށަފަރުން ރޭ ޒޯނު ބުރު ފެށީ ވަރުގަދަ ނައިވާދޫ ކައިރިން 1-0 އިން މޮޅުވެގެންނެވެ. ތަފާތު ފޯރިގަދަކޮށް މި މެޗު ފެނިގެންގޮސްފައިވާ އިރު، ފުރަތަމަ ހާފުގައި ވަށަފަރަށް ލީޑު ނަގައިދިނީ އިބްރާހީމް އަތީގު ހަސަން (އިއްބެ) އެވެ.
މެޗުގެ ފަހު ހާފުގައި ނައިވާދޫން ގޯލަކަށް ބުރަކޮށް މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބު ނުވެ މެޗު ނިމުނީ ވަށަފަރުން ވަރުގަދަކޮށް ޒޯން ފަށައިގެންނެވެ.
ދެން އެ ޒޯނުގައި ރޭ ކުޅުނު މެޗުގައި ދިއްދޫން ވަނީ 5-1 އިން ނޭކުރެންދޫ ބަލިކޮށްފައެވެ. މެޗުގައި ދިއްދޫގެ ގޯލުތައް ޖެހީ އަލީ ސާމާއި ފާއިގު އަހުމަދެވެ. ސާމް ދެ ގޯލު ޖެހި އިރު، ނޭކުރެންދޫގެ މުހައްމަދު ރާއިފް ފަޒީލް އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފައެވެ.
މެޗުގެ ފަހުކޮޅު ފެނުނީ ހޫނުވެގެންވެސް ދިޔަތަނެވެ. އެއާއެކު ނޭކުރެންދޫގެ ރާއިފާއި ދިއްދޫގެ ޒުނާމް މުހައްމަދު ޒުހައިރަށް ރެފްރީ ވަނީ ރަތް ކާޑުވެސް ދައްކައިފައެވެ.
މެޗުގައި ނޭކުރެންދޫން ޖެހި ހަމައެކަނި ގޯލު ޖެހީ މުހައްމަދު ވިލްފެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، ޒޯން ބުރުގެ ކުޅުން މިރޭވެސް ކުރިއަށް ދާނެއެވެ.
މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:00
ގްރައުންޑް 1: ވ. ކެޔޮދޫ - އއ. މަތިވެރި (ޒޯން 4)
ގްރައުންޑް 2: އއ. ތޮއްޑޫ - އއ. މަހިބަދޫ (ޒޯން 4)
21:00
ގްރައުންޑް 1: ށ. މިލަންދޫ - ށ. ކަނޑިތީމު (ޒޯން 2)
ގްރައުންޑް 2: ރ. ދުވާފަރު - ނ. މިލަދޫ (ޒޯން 2)
22:00
ގްރައުންޑް 1: ގއ. ދެއްވަދޫ - ގދ. ވާދޫ (ޒޯން 7)
ގްރައުންޑް 2: ގއ. ވިލިނގިލި - ޏ. ދަނޑިމަގު (ޒޯން 7)
23:00
ގްރައުންޑް 1: ސ. ހިތަދޫ - ސ. ފޭދޫ (ޒޯން 7)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް