ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ހަތަރެއްގައި އއ. މަތިވެރިން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކުރި އިރު، އދ. މަހިބަދޫން ކުޅުނު ފުރަތަމަ މެޗުގައި ވ. ކެޔޮދޫ ބަލިކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ ފޯރިގަދަ މެޗުތައް ރެހެންދި ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ އިރު، ޒޯން ހަތަރެއްގައި ވާދަކުރަނީ އއ. އަތޮޅުގެ ޗެމްޕިއަން މަތިވެރިއާއި އެ އަތޮޅުގެ ރަނަރަޕް ތޮއްޑޫގެ އިތުރުން ވ. އަތޮޅުގެ ޗެމްޕިއަން ކެޔޮދޫ، އދ. އަތޮޅުގެ ޗެމްޕިއަން މަންދޫ އަދި އދ. އަތޮޅުގެ ރަނަރަޕް މަހިބަދޫއެވެ.
މަތިވެރިން ފުރަތަމަ ކުޅުނު މެޗުގައި ތޮއްޑޫ ކައިރިން މޮޅުވެފައި އޮތް އިރު، ރޭ ދެވަނަ މޮޅެއް ހޯދީ މަންދޫ ކައިރިންނެވެ. އެއީ 2-1 ގެ ނަތީޖާއަކުންނެވެ. މަންދޫން ފުރަތަމަ މެޗުގައި ކެޔޮދޫ ކައިރިން ބަލިވެފައި އޮތް އިރު، ދެން ބާކީ އޮތް ދެމެޗުން ނަތީޖާ ނެރެން އެޓީމަށް މަޖުބޫރެވެ.
މަތިވެރީގެ ގޯލުތައް ޖެހީ މުހައްމަދު ޝަފުރާޒާއި އަހުމަދު ފާރިޝްއެވެ. މަންދޫގެ ގޯލު ޖެހީ އިބްރާހީމް އިމްރާން (އިންމި) އެވެ. މެޗުގައި މަތިވެރީ ޓީމުގައި ތަފާތު ދައްކައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އަލީ އަލްސަން އެވެ.
މަހިބަދޫން ޒޯނުގައި ކުޅުނު ފުރަތަމަ މެޗުގައި ކެޔޮދޫ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މަހިބަދޫގެ ގޯލުތައް ޖެހީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އާއި އާދަމް ނާއިލްގެ އިތުރުން ޝުއައިދު ސައީދެވެ.
ކެޔޮދޫގެ ގޯލަކީ މަހިބަދޫގެ އިބްރާހީމް ނޫރައްދީން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، ޒޯން ބުރުގެ ކުޅުން މިރޭވެސް ކުރިއަށް ދާނެއެވެ.
މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:00
ގްރައުންޑް 1: ހއ. ދިއްދޫ - ހދ. ނޭކުރެންދޫ (ޒޯން 1)
ގްރައުންޑް 2: ހއ. ވަށަފަރު - ހދ. ނައިވާދޫ (ޒޯން 1)
21:00
ގްރައުންޑް 1: ޅ. ކުރެންދޫ - ބ. އޭދަފުށި (ޒޯން 3)
ގްރައުންޑް 2: ކ. މާފުށި - ކ. ކާށިދޫ (ޒޯން 3)
22:00
ގްރައުންޑް 1: ހުޅުމާލެ - ވިލިމާލެ (ޒޯން 8)
ގްރައުންޑް 2: މައްޗަންގޯޅި - މާފަންނު (ޒޯން 8)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް