ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ހަތަރެއްގައި ކުޅުނު ފުރަތަމަ މެޗުތަކުން ވ. ކެޔޮދުއާއި އއ. މަތިވެރި މޮޅުވެއްޖެއެވެ.
މިއަހަރު މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ އިރު، ޒޯން ބުރުގެ ކުޅުން ރޭ ވަނީ ފަށައިފައެވެ. އެންމެ ފުރަތަމަ ޒޯން ހަތަރެއްގެ މެޗުތައް ފަށާފައިވާ އިރު، އެ ޒޯނުގައި ވާދަކުރަނީ އއ. އަތޮޅުގެ ޗެމްޕިއަން މަތިވެރިއާއި އެ އަތޮޅުގެ ރަނަރަޕް ތޮއްޑޫގެ އިތުރުން ވ. އަތޮޅުގެ ޗެމްޕިއަން ކެޔޮދޫ، އދ. އަތޮޅުގެ ޗެމްޕިއަން މަންދޫ އަދި އދ. އަތޮޅުގެ ރަނަރަޕް މަހިބަދުއެވެ.
ރޭ މަތިވެރިން ކުޅުނު މެޗުގައި ތޮއްޑޫ ބަލިކުރީ 5-1 ގެ ނަތީޖާއަކުންނެވެ. އެ އަތޮޅުގެ ފައިނަލުގައިވެސް މަތިވެރިއާ ތޮއްޑޫ ވާދަކުރި އިރު، ފައިނަލުން މަތިވެރި މޮޅުވީ ޕެނަލްޓީގައެވެ.
ރޭ މަތިވެރީގެ ގޯލުތައް ޖެހީ އަލީ އަލްސަންގެ އިތުރުން އަބްދުﷲ ފިޒާން އަބްދުލްގަފޫރު (ފިޒޭ) އަދި އަހުމަދު ފިރާޝްއެވެ. ފިޒޭއާއި އަލްސަން މެޗުގައި ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހި އިރު، ތޮއްޑޫގެ ހަމައެކަނި ގޯލު ޖެހީ އިބްރާހީމް ޝިޔާޒެވެ.
އެ ޒޯނުގައި ކުޅުނު އަނެއް މެޗުގައި ކެޔޮދޫން މަންދޫ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އދ. އަތޮޅުގެ ޗެމްޕިއަން މަންދޫ ކޮޅަށް ކެޔޮދޫގެ ގޯލުތައް ޖެހީ އަރީން އަބްދުﷲ އިބްރާހީމާއި އަހުމަދު ރަޝީދު (އަންމަޑޭ) އެވެ. މަންދޫގެ ގޯލު ޖެހީ އަތޮޅު ބުރުގައިވެސް އެޓީމަށް މޮޅަށް ކުޅުނު އިބްރާހީމް އިމްރާން (އިންމި) އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ ދެ ފައިނަލެއްގެ އިތުރުން ޒޯން ބުރުގެ ކުޅުން މިރޭވެސް ކުރިއަށް ދާނެއެވެ.
މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:00
ގްރައުންޑް 1: ހއ. ދިއްދޫ - ހއ. ވަށަފަރު (އަތޮޅު ފައިނަލް)
ގްރައުންޑް 2: ހދ. ނޭކުރެންދޫ - ހދ. ނައިވާދޫ (އަތޮޅު ފައިނަލް)
21:30
ގްރައުންޑް 1: ގއ. ވިލިނގިލި - ގއ. ދެއްވަދޫ (ޒޯން 7/ ގްރޫޕް އޭ)
ގްރައުންޑް 2: ފުވައްމުލަކު ދަނޑިމަގު - ގދ. ވާދޫ (ޒޯން 7/ ގްރޫޕް އޭ)
22:30
ގްރައުންޑް 1: ސ. ފޭދޫ - ގދ. ގައްދޫ
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް