ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކ. އަތޮޅުގެ ޗެމްޕިއަންކަން މާފުށިން ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ކ. އަތޮޅު ފައިނަލުގައި މިރޭ މާފުށިން ކާށިދޫގެ މައްޗަށް ކުރި ހޯދީ 0-1ގެ ނަތީޖާ އަކުންނެވެ. މިއީ މާފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ތަށި ނެގި ދެވަނަ ފަހަރެވެ. މީގެ ކުރިން އެ ޓީމުން އަތޮޅު ޗެމްޕިއަންކަން ހޯދީ 2018 ވަނަ އަހަރުއެވެ.
މިދިޔަ އަހަރު ފައިނަލުގައި ގާފަރު ކައިރިންވެސް ބަލިވި ކާށިދޫން މުޅިން އަލަށް އަތޮޅު ތައްޓެއް ނަގަން ނުކުތް ނަމަވެސް އެކަން ނުވެ އަލުން ޖެހުނީ އިންތިޒާރުކުރާށެވެ. ނަމަވެސް އެ ޓީމުންވެސް ޒޯން ބުރުގައި ވާދަކުރާނެއެވެ. އެއީ ކ. އަތޮޅުގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުޅެފައި އޮތުމުންނެވެ.
މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަލާތައް ފެނިގެން ގޮސްފައިވާއިރު، ދެވަނަ ހާފުގައި ހަމައެކަނި ގޯލު ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ. އެއީ ކާށިދޫގެ އަކްމަލް މުހައްމަދު، އޭރިއާ ތެރެއިން އަހުމަދު ޝާވިން ޝިހާމަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީން ޖެހި ގޯލެކެވެ. އެ ޕެނަލްޓީ އަހުމަދު ޝަމާލް ފޮނުވާލުމުން މާފުށީގެ ކީޕަރު މުހައްމަދު ސަލީލް މަތަކުރި ނަމަވެސް، ރީބައުންސްގައި ޝާވިން ވަނީ ގޯލަށް ބޯޅަ ވައްދާލައިފައެވެ.
މެޗުގެ ފަހުކޮޅުގައި މާފުށީގެ ފައުލް ހަމަވެގެން ކާށިދުއަށް ދުރު ޕެނަލްޓީއެއް ލިބުނު ނަމަވެސް، އަހުމަދު މަޖީދު ފޮނުވާލި ބޯޅަ ދިޔައީ މަތިން ބޭރަށެވެ. މެޗުގައި ކާށިދޫެގ ގިނަ ހަމަލާތަކެއް ހުއްޓުވުމުގައި މާފުށީގެ ކީޕަރު ނައްފާޒް ސައުދު ވަނީ މޮޅަށް ކުޅެފައެވެ.
ކ. އަތޮޅުގެ އެންމމޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ މާފުށީގެ ޝަމާލަށެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނީ ދިއްފުށީގެ ޒައިން ޒަފަރާއި ޝަމާލަށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މާދަމާ ރޭވެސް ފޯރިއާއެކު ކުރިއަށްދާނެ އެވެ.
މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް