ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ދާދިފަހުން ހަމަޖެއްސި ނާހިލް އަހުމަދު ސިއްދީގު، އެ މަގާމުން އިސްތިއުފާ ދީފިއެވެ.
ނާހިލް އެ މަގާމުން އިސްތިއުފާ ދީފައިވާކަން އޭނާ ވަނީ "ވަން ސްޕޯޓްސް"އަށް ޔަގީންކޮށްދީފައެވެ.
މީގެ ކުރިންވެސް އެފްއޭއެމްގައި މަސައްކަތްކޮށްފައިވާ ނާހިލަކީ ބިޒްނަސް މެނޭޖްމެންޓް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތައުލީމު ހާސިލުކޮށްފައިވާ މީހެކެވެ. އޭގެ އިތުރުން އޭއެފްސީން ބޭއްވި ފުޓްބޯޅަ މެނޭޖްމެންޓުގެ ކޯހެއްވެސް ނާހިލް ފުރިހަމަކޮށްފައިވާ އިރު، އޭނާ ވަނީ މީގެ ކުރިން އެފްއޭއެމްގެ މުބާރާތްތަކާ ގުޅޭ ޑިޕާޓްމަންޓުގައިވެސް މަސައްކަތްތަކެއް ކޮށްފައެވެ.
ނާހިލް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެއީ އެކަމަށް އިއުލާނުކޮށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ތައުލީމާއި ތަޖުރިބާއަށް ބެލުމުގެ އިތުރުން އިންޓަވިއު މަރުހަލާވެސް ފުރިހަމަ ކުރުމަށްފަހު ކަމަށް މައުލޫމާތު ލިބެއެވެ.
ރާއްޖޭގެ ފުޓުބޯޅަ ހާލަތު ބޮއްސުންލައިގެން ދިއުމުން ފީފާއިން އެ މައްސަލައަށް ވަދެ، އެފްއޭއެމް ނޯމަލައިޒް ކުރިތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ކުރީކޮޅުގައި ޕްރެސްއެއް ބޭއްވި ނަމަވެސް، މިހާރު އަޑު މަޑުވެފައިވާތާ ދުވަސްގަނޑެއް ވެއްޖެއެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތައް އާންމުންނާ ހަމައަށް ނުފެނި ގިނަ ދުވަސްތަކެއްވެފައިވާތީ، އެކަމުގެ ޝަކުވާވެސް ވަނީ ބޮޑުވެފައެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް