ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ފ. އަތޮޅު ފައިނަލަށް ދަރަނބޫދުއާއި މަގޫދޫން ދަތުރުކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ފ. އަތޮޅު އެންމެފަހު ދެމެޗު ރޭ ވަނީ ކުޅެފައެވެ. ރޭ އެންމެފަހުގެ ޗެމްޕިއަން ބިލެތްދޫން ފީއައްޔާ ދެކޮޅަށް ނުކުތްއިރުވެސް އަމިއްލަ ބާރު އޮތީ ގެއްލިފައެވެ. އެޓީމަށް ފައިނަލަށް ދެވެން އޮތީ ދަރަނބޫދޫ، މަގޫދޫ ކައިރިން މޮޅުވެގެންނެވެ.
ދަރަނބޫދޫ ކުރިންވެސް ފައިނަލަށް ގޮސްފައިވާ އިރު، އެޓީމާ ދެކޮޅަށް ކުޅުނު މަގޫދޫއަށް މެޗު އެއްވަރުކޮށްލައިގެންވެސް ފައިނަލަށް ދެވެން އޮތެވެ. އެ މެޗު ވީވެސް އެއްވަރެވެ. އެއީ 1-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ބިލެތްދޫން 6-0 އިން ފީއަލި ބަލިކޮށްގެންވެސް ފައިނަލަށް ނުދިޔައެވެ.
ބިލެތްދޫގެ ގޯލުތައް ރޭ ޖެހީ ނަދީފް އިބްރާހީމާއި އަނީސް އަހުމަދު ޒާހިރު އަދި މުހައްމަދު ޒީދާން ޒުހުރީއެވެ. ނަދީފާއި އަނީސް މެޗުގައި ދެ ގޯލު ޖެހިއެވެ.
ދަރަނބޫދުއާއި މަގޫދޫ އެއްވަރުވި މެޗުގައި ދަރަނބޫދޫގެ ގޯލު ޖެހީ އާލިފް އަލީއެވެ. މަގޫދުއަށް ގޯލު ޖެހީ މޫސާ މާހިލް މިގުދާދެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:00
ގްރައުންޑް 1: ވ. ފެލިދޫ - ވ. ކެޔޮދޫ (އަތޮޅު ފައިނަލް)
21:00
ގްރައުންޑް 1: ޅ. ނައިފަރު - ޅ. ކުރެންދޫ
ގްރައުންޑް 2: ޅ. ހިންނަވަރު - ޅ. އޮޅުވެލިފުށި
22:00
ގްރައުންޑް 1: ތ. ތިމަރަފުށި - ތ. ވޭމަންޑޫ (އަތޮޅު ސެމީ ފައިނަލް)
ގްރައުންޑް 2: ތ. ހިރިލަންދޫ - ތ. އޮމަދޫ (އަތޮޅު ސެމީ ފައިނަލް)
23:00
ގްރައުންޑް 1: ލ. ގަން - ލ. މުންޑޫ (އަތޮޅު ސެމީ ފައިނަލް)
ގްރައުންޑް 2: ލ. އިސްދޫ - ލ. މާބައިދޫ (އަތޮޅު ސެމީ ފައިނަލް)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް