މަސްތުވާތަކެތީގެ މައްސަލައެއްގައި ގުޅުން ނެތް މީހަކު ހައްޔަރުކުރެވުމުން، ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.

ފުލުހުން މިއަދު ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ފުވައްމުލަކުގައި ސިޓީގައި ހިންގި އޮޕަރޭޝަނަކުން، އެ ސިޓީއަށް ގެނައި ފޮށިގަނޑެއް ބަލައި ފާސްކޮށް، މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މަރިޔަމް ފަޒީލާ ހުސައިން ނަމަކަށް ކިޔާ 40 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބޯޓުން ގެނައި ފޮށިގަނޑުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި މައްސަލައަކާ ގުޅިގެން މިއަދު ހެނދުނު 10:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ފުލުހުން މިރޭ ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އަންހެން މީހާ ތުހުމަތުކުރެވުނު ކަންކަމާ ގުޅުން ނެތްކަން ޔަގީންވެފައިވާތީ ހައްޔަރުން ދޫކޮށްލާފައިވާ ކަމަށެވެ.