ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ގެނައި ވައިޑް-ބޮޑީ މަތިންދާބޯޓު، އެއާބަސް އޭ-330ގެ ފުރަތަމަ ދަތުރުގައި, ޗައިނާގެ ފަތުރުވެރިން ގޮވައިގެން މިއަދު ރާއްޖެ އަތުވެއްޖެއެވެ.
ޗައިނާގެ ޗެންގްޑޫންއިން ފުރައިގެން މިއަދު ހެނދުނު ރާއްޖެ އައި މޯލްޑިވިއަންގެ ވައިޑްބޮޑީ މަތިންދާބޯޓުން ވަނީ އެ ގައުމުގެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ގެނެސްފައެވެ. އެ ފަތުރުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ބޮޑުބެރާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
މީގެ އިތުރުން މޯލްޑިވިއަންއިން ވަނީ އެ ޓޫރިސްޓުންނަށް ލަގެޖާއެކު ހާއްސަ ހަދިޔާއެއްވެސް ދީފައެވެ. އޭގައި ހިމެނެނީ ޗުއްޓީ ހޭދަކުރާއިރު ބޭނުންކުރެވޭނެ ބައެއް ޒަރޫރީ ތަކެއްޗެވެ.
މޯލްޑިވިއަންގެ އެއާބަސް އޭ-330 ގެ ފުރަތަމަ ދަތުރަށް ޗައިނާގެ ޗެންގްޑޫއަށް ފުރާފައިވަނީ އިއްޔެއެވެ.
- ޗައިނާގެ ޗެންގްޑޫ - 22 ޖެނުއަރީ (668 ޑޮލަރު، ދެކޮޅު ޓިކެޓް)
- ޗައިނާގެ ބެއިޖިން - 24 ޖެނުއަރީ (788 ޑޮލަރު، ދެކޮޅު ޓިކެޓް)
- ޗައިނާގެ ޝެންހާއީ - 27 ޖެނުއަރީ (777 ޑޮލަރު، ދެކޮޅު ޓިކެޓް)
މޯލްޑިވިއަން އިން ބުނެފައިވާ ގޮތުގައި ޗެންގްޑޫއަށް މި މަހުގެ ނިޔަލަށް އެ އަގުގައި ދަތުރުކުރެވޭނެއެވެ. ބެއިޖިންއަށް މި މަހުގެ 24 އިން ފެށިގެން އަންނަ މަހުގެ އެއް ވަނަ ދުވަހަށް އަދި ޝެންހާއީއަށްވެސް މި މަހުގެ 27 އިން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހަށް އެ އަގުގައި ދަތުރުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
މޯލްޑިވިއަން އިން ގެނައި ވައިޑް ބޮޑީ މަތިންދާބޯޓަކީ ތިން ކުލާހެއްގެ 264 ގޮނޑި ހުންނަ ބޯޓެކެވެ. އެއީ ބިޒްނަސް ކުލާހުގައި 18 ގޮނޑި، ފްރިމިއަމް އިކޮނަމީގައި 36 ގޮނޑި އަދި އިކޮނޮމީ ކުލާހުގައި 210 ގޮނޑިއެވެ. އެ ބޯޓުގައި ދިހަ ޓަނުގެ ކާގޯވެސް އުފުލޭނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.
މޯލްޑިވިއަންގެ އާ މަތިންދާބޯޓު އޭ-330 ރާއްޖެއަށް ގެނައީ މި މަހުގެ ހަ ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު