މއ. ސްޕްރިން ރިވާގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 22 މީހަކަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި އެވެ.
އެމްއެންޑީއެފުން ރޭ ބުނި ގޮތުގައި އަލިފާން ރޯވީ މއ. ސްޕްރިން ވިލާގައި ހުންނަ ފުރުޓް ޓްރީ އެޕަލް ފިހާރަ ގުދަނުގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ. އެ ގުދަނުގައި ރޯވި އަލިފާންގަނޑު ރޭ ފަތިހު 5:30 ހާއިރު ވަނީ ކޮންޓްރޯލުކޮށްފައެވެ. އެ ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ނުލިބެއެވެ.
އެންޑީއެމްއޭއިން ބުނީ އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ ދިހަ ގޭބީސީއެއްގެ 33 މީހުން ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ފަސް ގޭބިސީއެއްގައި ހިމެނޭ 14 ދިވެހިންނާއި އަށް ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާއިރު، ބިދޭސީ އާއިލާއަކުން ވަނީ އަމިއްލަ ވަގުތީ ބޯހިޔާވެހިކަމަށް ބަދަލުވެފައި ކަމަށެވެ.
މީގެ އިތުރުން 11 ބިދޭސީއަކަށް އެ މީހުން ނިސްބަތްވާ ކުންފުނިތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
ރޭގެ އަލިފާނުގެ ހާދިސާގައި މއ. ސްޕްރިން އާއި މއ. ކެލާގެއަށް ވެސް ގެއްލުންތަކެއް ލިބުނެވެ.
ޚަބަރު
ޚަބަރު
ޚަބަރު