ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ލ. އަތޮޅު ސެމީ ފައިނަލްގެ ފަހު ޖާގަތައް މުންޑުއާއި މައިބައިދޫން ހޯދި އިރު، ބ. އަތޮޅު ފައިނަލަށް ތުޅާދޫން އުންމީދު އާކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ބ. އަތޮޅު ތުޅާދޫން ފައިނަލަށް އުންމީދު ހޯދީ ރޭ 1-0 އިން ފެހެންދު ބަލިކޮށްގެންނެވެ.
އެ އަތޮޅުން ޖުމުލަ ތިން ޓީމު ވާދަކުރަމުން އަންނަ އިރު، ފުރަތަމަ މެޗުގައި ތުޅާދު އޮތީ އެންމެފަހުގެ ޗެމްޕިއަން އޭދަފުށި ކައިރިން 1-0 އިން ބަލިވެފައެވެ. ރޭ މޮޅުވާން މަޖުބޫރު މެޗަކަށް ނުކުމެ، ތުޅާދޫން ހޯދި މޮޅާއެކު އެޓީމަށް ދެން ޖެހޭނީ އޭދަފުއްޓާއި ފެހެންދޫގެ މެޗަށް އިންތިޒާރުކުރާށެވެ.
ރޭގެ މެޗުގައި ތުޅާދޫން ޖެހި ހަމައެކަނި ގޯލު ޖެހީ އާދިލް އަބްދުލް ރަހުމާނެވެ.
ލ. އަތޮޅުން ހަ ޓީމު، ދެ ގްރޫޕެއްގައި ވާދަކުރަމުން އަންނައިރު، ރޭ ވަނީ ދެ ގްރޫޕުގެވެސް ފަހު މެޗު ކުޅެފައެވެ.
ގްރޫޕް އޭގެ ފަހު މެޗުގައި ރޭ މާބައިދުއާއި މާވަށް ވާދަކުރި އިރު، ގަމުން އޮތީ މާ ކުރިން އެ ގްރޫޕްގެ އެއްވަނަ ޔަގީންކޮށްފައެވެ. މާބައިދޫން ސެމީގެ ދެވަނަ ޖާގަ ޔަގީންކުރީ 3-2 އިން މާވަށް ބަލިކޮށްގެންނެވެ.
މާބައިދޫގެ ގޯލުތައް ޖެހީ ސަހީމް އަބްދުލް ގާދިރު (މެސީ) އާއި ހަސަން ނިމާލް (ނީމޯ)އެވެ. މެސީ ވަނީ ދެ ގޯލު މެޗުގައި ޖަހާފައެވެ. މާވަށުގެ ދެގޯލުވެސް ޖެހީ މުހައްމަދު ފާރިސް ހަސަނެވެ.
ގްރޫޕް ބީގެ މެޗަށް ރޭ ނުކުތްއިރުވެސް ސެމީ ޔަގީންވެފައި އޮތް އިސްދޫންވެސް ގްރޫޕް އެއްވަނަ ހޯދިއެވެ. އެއީ 3-1 އިން މުންޑޫ ބަލިކޮށްގެންނެވެ. މުންޑޫ ސެމީއަށް ދިޔައީ އެ ގްރޫޕުގައި ދެން ހިމެނުނު ކަލައިދުއަށްވުރެ ކުޑަ ތަފާތަކުން މުންޑޫ ކައިރިން ބަލިވުމުންނެވެ. މުންޑުއާއި ކަލައިދޫ ކުޅުނު މެޗު އޮތީ އެއްވަރުވެފައެވެ.
އިސްދޫގެ ގޯލުތައް ޖެހީ އަލީ ހުމޭޒާއި ހުސައިން އަފްހާން އަދި އަލީ މީސާގު އީސާއެވެ. މުންޑޫގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ނަބީލެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:00
ގްރައުންޑް 1: ރ. އަލިފުށި - ރ. ދުވާފަރު
ގްރައުންޑް 2: ރ. އިނގުރައިދޫ - ރ. މަޑުއްވަރި
21:00
ގްރައުންޑް 1: ޅ. ނައިފަރު - ޅ. އޮޅުވެލިފުށި
ގްރައުންޑް 2: ޅ. ކުރެންދޫ - ޅ. ހިންވަރު
22:00
ގްރައުންޑް 1: ގދ. ދާންދޫ - ގދ. ވިލިނގިލި
ގްރައުންޑް 2: ގދ. ދެއްވަދޫ - ގދ. ނިލަންދޫ
23:00
ގްރައުންޑް 1: ވ. ކެޔޮދޫ - ވ. ފެލިދޫ
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް