ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ މ. އަތޮޅު ފަހު މެޗުތަކާއެކު އަތޮޅު ސެމީ ފައިނަލުގެ ޓީމުތައް ޔަގީންވެއްޖެއެވެ.
މ. އަތޮޅުން ހަތް ޓީމު ވާދަކުރަމުންދާ އިރު، އެ އަތޮޅުގެ ގްރޫޕް ސްޓޭޖު މެޗުތައް ކުރިއަށް ދިޔައީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެއް ގްރޫޕުގައި ތިން ޓީމު ހިމެނޭ އިރު، އަނެއް ގްރޫޕުގައި ހަތަރު ޓީމު ހިމެނުނެވެ.
ގްރޫޕް އޭގެ އެއްވަނަ ރޭ ދިއްގަރުން ޔަގީންކުރީ އެޓީމުގެ ތިންވަނަ މެޗުގައި ވޭވަށް ކައިރިން 4-0 އިން މޮޅުވެގެންނެވެ. ދިއްގަރަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އެ ގްރޫޕުން ސެމީއަށް ދިޔަ މުލަކުން މަޑުއްވަރިއާ އެއްވަރުކުރީ 1-1 އިންނެވެ.
ދިއްގަރަށް ރޭ ގޯލުތައް ޖެހީ ހުސައިން ފާރިޝް އާއި ނަޒީހު އިސްމާއީލްގެ އިތުރުން މުހައްމަދު ސާގިބާއި މުހައްމަދު މާޖިދެވެ.
މުލަކުން މަޑުއްވަރި ކޮޅަށް ޖެހި ގޯލު ސުޖުއާން ހުސައިން ޖެހި އިރު، މަޑުއްވަރީގެ ގޯލު ޖެހީ އިބްރާހީމް އަސްލަމް އަލީއެވެ.
އެ އަތޮޅު ގްރޫޕް ބީގެ ފަހު މެޗަށް ރޭ ކޮޅުފުއްޓާއި ނާލާފުށި ނުކުތް އިރު، އެ ގްރޫޕުގައި އޭގެ ކުރިން ކުޅުނު ދެ މެޗު ވެސް އޮތީ އެއްވަރުވެފައެވެ. އެއީ މުލިން ކުޅުނު ދެ މެޗުން ވެސް އެއްވަރުވެފައި އޮތުމުންނެވެ. ކޮޅުފުށިން ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެ ގްރޫޕްގެ އެއްވަނަ ހޯދީ ދެ މެޗުން ހަތަރު ޕޮއިންޓް ހަމަކޮށްގެންނެވެ. މުލިން ދެވަނަ ހޯދީ ދެމެޗުން ދެ ޕޮއިންޓާއެކުގައެވެ.
ރޭ ކޮޅުފުށިން ނާލާފުށި ކޮޅަށް ޖެހި ހަމައެކަނި ގޯލު ޖެހީ އަހުމަދު އަދުހަމްއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާ އެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:00
ގްރައުންޑް 1: ބ. ތުޅާދޫ - ބ. ފެހެންދޫ
21:00
ގްރައުންޑް 1: ތ. ކިނބިދޫ - ތ. ދިޔަމިގިލި
ގްރައުންޑް 2: ތ. އޮމަދޫ - ތ. ތިމަރަފުށި
22:00
ގްރައުންޑް 1: ތ. ބުރުނި - ތ. ގާދިއްފުށި
ގްރައުންޑް 2: ތ. ވޭމަންޑޫ - ތ. ކަނޑޫދޫ
23:00
ގްރައުންޑް 1: ލ. މާބައިދޫ - ލ. މާވަށް
ގްރައުންޑް 2: ލ. އިސްދޫ - ލ. މުންޑޫ
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް