ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ށ. އަތޮޅު ފައިނަލަށް އެ އަތޮޅުގެ އެންމެފަހުގެ ޗެމްޕިއަން ކަނޑިތީމާއި މިލަންދޫ ދަތުރުކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، މިއަދު ހަވީރު ވަނީ ށ. އަތޮޅު ސެމީ ފައިނަލް ދެ މެޗު ކުޅެފައެވެ.

ކަނޑިތީމުން ފައިނަލް ޔަގީންކުރީ 2-0 އިން ބިލެއްފަހި ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ކަނޑިތީމަށް ލީޑު ނަގައިދިނީ އިބްރާހީމް ނަދާދު (ކުޑައްޓެ) އެވެ. އެޓީމުން ދެވަނަ ހާފުގެ ފަހުކޮޅުގައި ލީޑު ފުޅާކޮށް މެޗު ޔަގީންކުރީ އިސްމާއިލް ނިހާނެވެ.

މިލަންދޫން މުޅިން އަލަށް އަތޮޅު ފައިނަލަށް ދަތުރުކުރީ ނަރުދޫ ކައިރިން 4-0 އިން މޮޅުވެގެންނެވެ. ގޯލުތައް ޖެހީ އަހުމަދު ޝަނީއާއި އަލީ އީނާސް އަދި އިބްރާހީމް ޒާހީއެވެ. ޝަނީ ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

20:00

ގްރައުންޑް 1: ދ. މާއެނބޫދޫ - ދ. ކުޑަހުވަދޫ

21:00

ގްރައުންޑް 1: ގދ. ފަރެސްމާތޮޑާ - ގދ. ތިނަދޫ

ގްރައުންޑް 2: ގދ. ގައްދޫ - ގދ. ފިޔޯރީ

22:00

ގްރައުންޑް 1: ސ. ހުޅުދޫ - ސ. ފޭދޫ

ގްރައުންޑް 2: ސ. މީދޫ - ސ. ހިތަދޫ

23:00

ގްރައުންޑް 1: ފ. ފީއަލި - ފ. ނިލަންދޫ

ގްރައުންޑް 2: ފ. ދަރަނބޫދޫ - ފ. ބިލެއްދޫ