ވިލިމާލޭގައި މިއަދު މޫދަށް އެރިއުޅެނިކޮށް އޮޔާ ދަމައިގަތް މީހަކު ސަލާމަތްކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 15:55 އެހާކަންހާއިރު ކަމަށެވެ. އޮޔާ ދަމައިގަތް މީހާ ނެގީ އެމްޓީސީސީގެ ފެރީއަކަށް ކަމަށާއި އެއަށްފަހު އިތުރު ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެނެސްފައިވާ ކަމަށްވެސް ބުންޏެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، އެ މީހާގެ ހާލު ރަނގަޅު ކަމަށެވެ. އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.