އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމަޑް ޑިއާލޯ ހެދި ހެޓްރިކާއެކު މެންޗެސްޓާ ޔުނައިޓެޑުން ސައުތުހެމްޓަން ބަލިކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ސައުތުހެމްޓަން ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އުނދަގޫ ހާލަތެއްގައި އޮތް ޔުނައިޓެޑަށް އެއީ ހަމަޖެހުމެއް ލިބުނު ނަތީޖާއެކެވެ. އެޓީމުން މިހާތަނަށް ލީގުގައި ކުޅުނު 21 މެޗުން 26 ޕޮއިންޓް ހޯދާފައިވާ އިރު، ރޭ ބަލިވި ސައުތުހެމްޓަން އޮތީ ތާވަލުގެ ފުލުގައެވެ. އެއީ 21 މެޗުން ހަ ޕޮއިންޓާއެކުގައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް މެނުއަލް އުގާޓޭ އަތުން ބައިކޮޅަށް ވަން ގޯލާއެކު ޔުނައިޓެޑުން ލީގުގައި ޖެހިޖެހިގެން ހަތަރު ވަނަ ބައްޔަކާ ދިމާލަށް ދިޔައެވެ. ރޭ މެޗުން ބަލިވި ނަމަ، ޔުނައިޓެޑަށް އެ ނަތީޖާ ވެގެންދާނީ ތާރީހީ ދަށް ނަތީޖާއަކަށެވެ. ރޭގެ ކުރިން ޖެހިޖެހިގެން ލީގުގެ ހަތަރު މެޗަކުން ޔުނައިޓެޑް އެންމެފަހުން ބަލިވެފައި އޮތީ 1930 ވަނަ އަހަރުއެވެ.
އެ ބަލިން ޔުނައިޓެޑް ސަލާމަތް ކޮށްދިނީ، 12 މިނެޓް ތެރޭގައި ޑިއާލޯ ހެދި ހެޓްރިކުންނެވެ. 82 ވަނަ މިނެޓުގައި ޑިއާލޯ ފުރަތަމަ ގޯލު ޖެހި އިރު، 90 ވަނަ މިނެޓާއި 94 ވަނަ މިނެޓުގައި ގޯލު ޖަހައި ހެޓްރިކް ފުރިހަމަ ކުރިއެވެ.
އެ ހެޓްރިކަކީ ޑިއާލޯ ޔުނައިޓެޑް ޖާޒީގައި ހެދި ފުރިހަމަ ހެޓްރިކެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު