ކޮޕާ ޑެލް ރޭ ގަދަ 16 ގައި ރޭ ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި މޮޅުވެ، ރެއާލް މެޑްރިޑުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރެއާލުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ނަތީޖާ 2-2 އިން އެއްވަރުވެފައި އޮތުމުން، މެޗު އިތުރު ވަގުތަށް ކުޅެގެން ރެއާލުން މޮޅުވީ 5-2 ގެ ނަތީޖާއަކުންނެވެ.
ރެއާލުން ރަނގަޅު ފެށުމަކުން މެޗު ފަށައި، ކިލިއަން އެމްބާޕޭ ޖެހި ގޯލުން ފުރަތަމަ ހާފުގައި ލީޑު ނެގިއެވެ. އަރިމަތިން ބޯޅައާއެކު ކުރިއަށް ޖެހި އެމްބާޕޭ ޖެހި ގޯލު އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ. ރެއާލުން ލީޑުގައި އޮވެގެން ހާފު ނިންމާލި އިރު، އެޓީމުން ދެވަނަ ހާފުގެ ކުރީކޮޅުގައި އިތުރު ގޯލެއްވެސް ޖެހިއެވެ.
އެމްބާޕޭ މެދުތެރެއިން ދުއްވާލި ބޯޅައެއްގައި ރެއާލް ކުރިއަށް ޖެހި، ބްރަހީމް ޑިއާޒް ކަނޑާލިބޯޅަ ގޯލަށް ވައްދާލީ ވިނީޝިއަސް ޖޫނިއާއެވެ.
ދެ ގޯލުގެ ލީޑެއްގައި އޮތް ރެއާލް އަތުން އެ ލީޑު ގެއްލިގެން ދިޔައީ ފަހު ވަގުތުގައެވެ. 83 ވަނަ މިނެޓުގައި ޖޮނަތަން ބަމްބާ ގޯލު ޖަހައި ފަރަގު ކުޑަކޮށް، ސެލްޓާ އެއްވަރުކުރި ގޯލު ޖެހީ ކުރިން ޗެލްސީއަށް ކުޅުނު މާކޮސް އެލޯންސޯއެވެ. އޭނާ ގޯލު ޖެހީ ފުރިހަމަ ވަގުތުގެ ފަހު މިނެޓުގައެވެ.
މެޗު އިތުރު ވަގުތަށް ގޮސް، ރެއާލަށް ތަފާތު ދެއްކީ ބެންޗުން އެރި ބްރެޒިލްގެ ތަރި އެންޑްރިކެވެ. އޭނާ ވަނީ ހިތްގައިމު ދެ ގޯލެއް ޖަހައިފައެވެ. އެއް ގޯލު ބެކްހީލަކުން އޭނާ ޖެހި އިރު، އަނެއް ގޯލަކީ މޮޅު ނިންމާލުމަކުން ޖެހި ގޯލެކެވެ.
ރެއާލުން ޖެހި އަނެއް ގޯލަކީ ފެޑެރީކޯ ވަލްވާޑޭ ދުރުން ފޮނުވާލި ބާރު ހަމަލާއަކާއެކުގައެވެ. ވަލްވާޑޭ ޖެހި ބޯޅަ އަމާޒުކޮށްލީ ސީދާ ކަނަށެވެ.
ކޮޕާ ޑެލް ރޭ
ކޮޕާ ޑެލް ރޭ
ކޮޕާ ޑެލް ރޭ
ކޮޕާ ޑެލް ރޭ