ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ މ. އަތޮޅު، އަތޮޅު ބުރުގައި މަޑުއްވަރީން އުންމީދީ މޮޅެއް ހޯދި އިރު، ދިއްގަރުން އެންމެފަހުގެ ޗެމްޕިއަން މުލަކާ އެއްވަރުކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ވަނީ މ. އަތޮޅު ދެ ގްރޫޕުގެ މެޗުތައްވެސް ކުޅެފައެވެ. އެ އަތޮޅުން ޖުމުލަ ހަތް ޓީމަކުން ވާދަކުރަމުންދާ އިރު، ގްރޫޕް އޭގައި ހިމެނެނީ ހަތަރު ޓީމެވެ.
އެ ގްރޫޕުން މިހާތަނަށް އެއްވެސް ޓީމަކަށް ސެމީ ޔަގީންކުރެވިފައި ނުވާ އިރު، ކުރިން ކުޅުނު މެޗުތައް ކާމިޔާބުކޮށްފައިވާ މުލަކާއި ދިއްގަރު އެއްވަރުވީ 1-1 އިންނެވެ. އެ މެޗުގައި މުލަކުގެ ވިޝާހް ޝަރީފް ގޯލެއް ޖަހައިފައި ވަނިކޮށް، ދިއްގަރުން އެއްވަރުކުރީ ފަހުވަގުތު އެވެ. އެގޯލު ޖެހީ މޫސާ ސަމީހު އަލީއެވެ.
އެ ގްރޫޕްގައި ދެން ކުޅުނު މަޑުއްވަރިން ވޭވަށް ބަލިކުރީ 1-0 އިންނެވެ. ހަމައެކަނި ގޯލު ޔޫސުފް ޝަފީއު ޖަހައި މަޑުއްވަރިން ދެމެޗުން ތިން ޕޮއިންޓް ހޯދި އިރު، އެޓީމު އޮތީ ތިންވަނައިގައެވެ. އެ ގްރޫޕްގެ އެއްވަނައިގައި އޮތް އަތޮޅު ޗެމްޕިއަން މުލަކާއި ދިއްގަރަށް ދެމެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ދެން ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ މެޗެކެވެ.
ގްރޫޕް ބީގެ ތިން ޓީމުގެ މެދުގައިވެސް މިހާރު އޮތީ ފޯރިގަދަވެފައެވެ. މުލިން މިރޭ ނާލާފުށި ކައިރިން ގޯލެއް ނުޖެހި އެއްވަރުވި އިރު، އެ މެޗަކީ މުލިން ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗެވެ. އެޓީމަށް ދެމެޗުން ދެެޕޮއިންޓް ލިބުނު އިރު، ކޮޅުފުއްޓާއި ނާލާފުއްޓަށް އަދި ބާކީ މެޗެއް އެބައޮތެވެ. ގްރޫޕްގެ މަގާމުތައް އެނގޭނީ އެމެޗަށްފަހުއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
16:00
ގްރައުންޑް 1: ބ. އޭދަފުށި - ބ. ތުޅާދޫ
17:00
ގްރައުންޑް 1: ދ. ބަނޑިދޫ - ދ. މާއެނބޫދޫ
20:00
ގްރައުންޑް 1: ހއ. ކެލާ - ހއ. ހޯރަފުށި
ގްރައުންޑް 2: ހއ. ފިއްލަދޫ - ހއ. ބާރަށް
21:00
ގްރައުންޑް 1: ހއ. އުތީމު - ހއ. މުރައިދޫ
ގްރައުންޑް 2: ހއ. އިހަވަންދޫ - ހއ. ދިއްދޫ
22:00
ގްރައުންޑް 1: ހދ. ނޭކުރެންދޫ - ހދ. ނޮޅިވަރަންފަރު
ގްރައުންޑް 2: ހދ. ފިނޭ - ހދ. މަކުނުދޫ
23:00
ގްރައުންޑް 1: ހދ. ނައިވާދޫ - ހދ. ނެއްލައިދޫ
ގްރައުންޑް 2: ހދ. ނޮޅިވަރަން ހދ. ކުމުންދޫ
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް