ލަވަކިޔުންތެރިޔާ އަދި އެކްޓަރު ޖެނިފަރ ލޯޕެޒް (ޖޭލޯ)ގެ އުމުރަކީ 55 އަހަރެވެ. އެހެންނަމަވެސް، އޭނާގެ ހަށިގަނޑަކީ މިހާރުވެސް ހޮލިވުޑްގެ އެންމެ ދުޅަހެޔޮ ހަށިގަނޑުތަކުގެ ތެރެއިން އެއް ހަށިގަނޑެވެ. އެކަމަށްޓަކައި އޭނާ ކުރާ މަސައްކަތް ވަރަށް ބޮޑެވެ.

ޖޭލޯ ބަރުދަން ހިފެހެއްޓުމަށްޓަކައި ހަރުކަށި ޑައިޓެއް ގެންގުޅެއެވެ. މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި އޭނާ ދާދި ފަހުން ބުނީ ކަސްރަތު ކުރަން ޖެހޭނެ ކަމަށާއި ކާއެއްޗެއްސަށްވެސް ބަލަން ޖެހޭނެ ކަމަށެވެ.

ޖޭލޯގެ ނާސްތާއަކީ 90 ކެލެރީ ހުންނަ ޗޮކްލެޓް ބޮޑީ ލެބް ޝޭކެކެވެ. އޭނާ މި ޝޭކް ހަދަނީ 'ކުއިނޯއާ ކިރު ނުވަތަ ފެނާ' އެކުގައެވެ.

ޖޭލޯ ބޮނީ ޑީކެފް ކޮފީއެވެ. އެއީވެސް އަހަރުތަކެއްވާންދެން ކެފެއިން ބޭނުން ނުކޮށް ހުރުމަށްފަހުއެވެ.

އާންމު ދުވަހެއްގައި އޭނާގެ މެންދުރު ކެއުމަކީ ސެލްމަން މަހާއި ތަރުކާރީން ފުރިފައިވާ ސެލެޑެކެވެ. އޭގެ އިތުރުން ބްރޮކޮލީ، ބެލް ޕެޕާ އަދި ޒުކީނީ ކެއުމަށް އިސްކަންދެއެވެ.

އާންމުކޮށް އޭނާގެ ރޭގަނޑުގެ ކެއުމަކީ ޕްރޮޓީނަކާއެކު ކުއިނޯއާ އެވެ. ޖޭލޯ ބުނާގޮތުގައި، އޭނާ ބޮޑުވީ އެ ކާނާއާ އެކުގައެވެ. އެއިން އަޔަން އާއި ކުކުޅު ރަހަ ލިބޭ ކަމަށެވެ. މަސައްކަތް ކުރަނީ (ރޭގަނޑުގެ ކެއުން) ކުދީންނާއެކު ހަވީރު 6:30 ހާއިރު ނިންމާލުމަށް ކަމަށްވެސް ޖޭލޯ ބުނެފައިވެއެވެ.

ޖޭލޯގެ ޓްރެއިނާ ޑޮޑް ރޮމެރޯ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޖޭލޯގެ ކެއުމުގެ ބައެއް ސިއްރުތައް ހިއްސާކުރިއެވެ. ޑޮޑް ބުނި ގޮތުގައި ޖޭލޯގެ 'އަލްޓްރާ-ކްލީން ކާނާ ރޭވުން' އެކުލެވިގެންވަނީ މައިގަނޑު ފަސް ބައެއްގެ މައްޗަށެވެ. އެއީ ޕްރޮޓީން، ތަރުކާރީ، ފެޓް، ކާބޯހައިޑްރޭޓް އަދި ފެނެވެ.

"އޭނާ ކޮންމެ ދުވަހަކުވެސް މަދުވެގެން އެކަށީގެންވާ އަދަދަށް ފެން ބޮއެވެ. އަދި ކޮންމެ ހެނދުނެއް ފަށަނީ ތާޒާ ލޮނުމެދު ފެންތައްޓަކުންނެވެ." ޑޮޑް ބުނެފައިވެއެވެ.

ޑޮޑް ބުނި ގޮތުގައި މި ލަވަކިޔުންތެރިޔާ އަދި އެކްޓަރު ޕްރޮސެސްކޮށްފައިވާ ކާނާ ބޭނުމެއް ނުކުރެއެވެ. އަދި އޭނާގެ ހަށިގަނޑަށް ބޭނުންވާ ކާނާ ލިބިގަންނަނީ ގުދުރަތީ ކާނާއިންނެވެ. މީގެ ތެރޭގައި ހިމެނެނީ ބިސްގަނޑުގެ ހުދުބައި، ހުދު މަސް ޓަރކީ، ކުކުޅު މަސް އަދި ފަތާއި، ގެރި މަހެވެ. 'އޯމެގާ-3 އަދި 6 ގިނައިން އެކުލެވޭ ސެލްމަން އަދި ސީ ބާސް މަހާއި ތޮޅި' ވެސް ހިމެނެއެވެ. މީގެ ތެރެއިން އޭނާއަށް ހުއްދަ އޮންނަނީ ކޮންމެ ދުވަހަކު ވަކި ވަރެއް ކެއުމަށެވެ. ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސްވެސް ޖޭލޯ ބޭނުންކުރެއެވެ. މީގެ ތެރޭގައި ހިމެނެނީ އަލަ، ބުރައުން ހަނޑޫ، ކުއިނޯއާ، ޕާން އަދި އޯޓްމީލް އެވެ.