ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ސައިކަލަކާއި ކާރެއް ޖެހި، ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.

މީޑިއާތަކަށް މިއަދު ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ، އެ އެކްސިޑެންޓު ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 20؛4 ހާއިރު ކަމަށެވެ.

އެ އެކްސިޑެންޓު ހިނގާފައިވަނީ، ވީއައިއޭ އިން ނުކުންނަން ދިޔަ ކާރެއް، އެއާޕޯޓުގެ ޕޭ ޕާކިން ސަރަހައްދުން ސައިކަލު ނުކުތް ވަގުތު ކަމަށާއި އެ އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާއަށް ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ދަނީ އެ އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުންނެވެ.