ޖޯޖިއާ އަދި ނަޕޯލީގެ ތަރި ހަވީޗާ ކަވަރަޓްސްޝޭލިއާ ގެންދަން ޕީއެސްޖީން ނަޕޯލީއާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އިތުބާރު ނޫސްތަކުން ރިޕޯޓު ކޮށްފިއެވެ.
ކަވަރަޓްސްޝޭލިއާއަކީ މިދިޔަ ދެ ސީޒަނެއްގައި ޔޫރަޕްގެ އެންމެ ފޯމު ރަނގަޅު އެއް ކުޅުންތެރިޔާއެވެ. 2022 ވަނަ އަހަރުން ފެށިގެން ނަޕޯލީގައި ވިދުން ގަދަވި ކަވަރަޓްސްޝޭލިއާއަކީ އެޓީމުން 2023 ވަނަ އަހަރު ލީގު ތަށި އުފުލައިލިއިރު، އެ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.
ކަވަރަޓްސްޝޭލިއާ ހޯދަން ޕީއެސްޖީން ކުރި މަސައްކަތުގައި އިއްޔެ އެ ކްލަބުގެ ޓެކްނިކަލް ޓީމާއި ނަޕޯލީގެ ޓެކްނިކަލް ޓީމު ބައްދަލުކޮށްފައިވެއެވެ. ހަބަރުތައް ބުނެފައިވަނީ ދެ ކްލަބުގެ ވެރީންނާ ހަމަޔަށް މިހާރު ވަނީ އެގްރީމެންޓެއް ގެންގޮސްފައި ކަމަށެވެ. ވެރިން އާނބަސް ބުނުމާއެކު، ޓްރާންސްފާ ނިމެނޭ ކަމަށްވެސް ނޫސްތައް ބުނެއެވެ.
އިތުބާރު ނޫސްތަކުން ބުނާގޮތުގައި ކަވަރަޓްސްޝޭލިއާއާއެކު ޕީއެސްޖީން ހަދަން ތައްޔާރުވަނީ ފަސް އަހަރު ދުވަހުގެ ބޮޑު އެއްބަސްވުމެކެވެ. މުސާރައިގެ ގޮތުގައި ސީޒަނަކަށް ނުވަ މިލިއަން ޔޫރޯ ހުށަހަޅާފައިވާ އިރު، އޭގެ އިތުރުން ބޯނަހުގެ ގޮތުގައިވެސް ބޮޑު އަދަދެއް ދޭނެ ކަމަށް ނޫސްތައް ބުނެފައިވެއެވެ.
ޕީއެސްޖީގެ ސުޕަ ސްޓާރު ކިލިއަން އެމްބާޕޭ މި ސީޒަނަށް ރެއާލް މެޑްރިޑަށް ބަދަލުވެފައިވާ އިރު، އެތަން ފޫބައްދަން ލުއިސް އެންރިކޭ ދަނީ ވިސްނަމުންނެވެ. ކަވަރަޓްސްޝޭލިއާއަކީ އެމްބާޕޭގެ ބަދަލެއް ކަމަށްވެސް މީޑިއާތަކުން ސިފަކޮށްފައިވެއެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް