ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ މ. އަތޮޅުގެ ގްރޫޕް އޭގައި، އެ އަތޮޅުގެ އެންމެފަހުގެ ޗެމްޕިއަން މުލަކާއި 2023 ވަނަ އަހަރު އަތޮޅު ޗެމްޕިއަން ދިއްގަރުން ފެށުން ރަނގަޅުކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ކުޅުނު އަށް މެޗުގެ ތެރެއިން ދެ މެޗަކީ މ. އަތޮޅުގެ ދެ މެޗެވެ. މިއަހަރު މ. އަތޮޅުން ހަތް ޓީމު ވާދަކުރަމުންދާ އިރު، އަތޮޅު ބުރު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
އެ އަތޮޅުގެ ގްރޫޕް އޭގައި ހަތަރު ޓީމު ހިމެނޭ އިރު، ރޭ އެ ހަތަރު ޓީމު މެޗުތައް ކުޅެފައިވެއެވެ. މުލަކުން ރޭ ކުޅުނު މެޗުގައި ވޭވަށް ކައިރިން 3-1 އިން މޮޅުވި އިރު، އެ މެޗުގައި މުލަކުގެ ގޯލުތައް ޖެހީ ސުޖުއާން ހުސައިނާއި އަހުމަދު އިބްރާހީމެވެ. މެޗުގައި ސުޖުއާން ވަނީ ދެ ގޯލު ޖަހައިފައެވެ. ވޭވަށުގެ ހަމައެކަނި ގޯލު މެޗުގައި ޖެހީ ދައްޔާން އަހުމަދެވެ.
ދިއްގަރުން ރޭ ކުޅުނު މެޗުގައި މަޑުއްވަރި ކައިރިން 3-2 އިން މޮޅުވި އިރު، އެ މެޗުގައި ދިއްގަރުގެ ގޯލުތައް ޖެހީ ހުސައިން ފާރިޝްއާއި ކެޕްޓަން އިބްރާހީމް ރިއްފަތު އަދި އަހުމަދު މިދުހަތު މަހުމޫދެވެ. މަޑުއްވަރީގެ ގޯލުތައް ޖެހީ މުހައްމަދު އާޒިމް އަލީއާއި ހުސައިން ޒަހުވާނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:00
ގްރައުންޑް 1: ހދ. ނޮޅިވަރަންފަރު - ހދ. ހަނިމާދޫ
ގްރައުންޑް 2: ހދ. ފިނޭ - ހދ. ނޭކުރެންދޫ
21:00
ގްރައުންޑް 1: ހދ. ނެއްލައިދޫ - ހދ. ވައިކަރަދޫ
ގްރައުންޑް 2: ހދ. ނައިވާދޫ - ހދ. ނޮޅިވަރަން
22:00
ގްރައުންޑް 1: ހއ. ހޯރަފުށި - ހއ. މާރަންދޫ
ގްރައުންޑް 2: ހއ. ކެލާ - ހއ. ފިއްލަދޫ
23:00
ގްރައުންޑް 1: ހއ. މުރައިދޫ - ހއ. ވަށަފަރު
ގްރައުންޑް 2: ހއ. އުތީމު - ހއ. އިހަވަންދޫ
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް