މާލޭގައި ހުންނަ ގެސްޓް ހައުސެއްގެ ފާހާނާއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ދެންމެ ފޮނުވި މެސެޖެއްގައި ބުނީ ހެންވޭރުގައި ހިންގާ ގެސްޓް ހައުސްއެއްގެ ފާހާނާގެ ތެރޭގައި މީހަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތެއް މިއަދު މެންދުރުފަހު ދޭއްޖަހާކަށްހާއިރު ލިބުނު ކަމަށެވެ.
ނަމަވެސް އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައި އޮތް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މަރުވެފައި އޮއްވައި ފެނުނީ ސ. ހުޅުދޫ/ ބޮކަރުމާގެ، އަބްދުﷲ ޒަކީ، 59އ. ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު