ލޯންޗެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއަކު މަރުވެއްޖެއެވެ.

ފުލުހުން ދެންމެ ބުނީ މިއަދު ހެނދުނު 10:00 ހާއިރު އދ. އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ ފަތުރުވެރިއެއްގެ، ރެޑިސަލް ބުލޫ މޯލްޑިވްސް ރިސޯޓްގެ ބޭރުގައި މޫދަށް އެރި އުޅެނިކޮށް އައިކޮމް ގްރީން ނަމަކަށް ކިޔާ ލޯންޗަކުން ޖެހިފައިވާ ކަމަށެވެ. އަދި އެމީހާ މަރުވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ އާޖެންޓީނާގެ 55 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި އެމީހާ ޗުއްޓީ ހޭދަކުރަމުން ގެންދިޔައީ ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް އެންޑް ވިލާގައެވެ.