ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޭމްޕްސް މަގާމު ދޫކޮށްލަން ވިސްނަނީ ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހުގައި ކަމަށް އިތުބާރު ނޫސްތަކުން ބުނެފިއެވެ.
ޑިޝޭމްޕްސް 2012 ވަނަ އަހަރުން ފެށިގެން ފްރާންސަށް ކޯޗުކަން ކޮށްދެމުން އަންނަ އިރު، އޭނާ ވަނީ ގައުމީ ޓީމާއެކު ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބުކޮށްދިނުމުގެ އިތުރުން 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލަށް ފްރާންސާއެކު ދަތުރުކުރުން ހިމެނެއެވެ.
ޑިޝޭމްޕްސް މަގާމުން ވަކިކުރާނެ ކަމަށް ޔޫރޯ 2024 އަށްފަހު ވާހަކަ ދެކެވުނު ނަމަވެސް، އެފަހަރު ފްރާންސް އެފްއޭއިން ވަނީ އެކަން ދޮގު ކޮށްފައެވެ.
ފްރާންސުން 2000 ވަނަ އަހަރަށްފަހު ޔޫރޯ ތަށްޓެއް ހޯދުމަށް ކުރަމުން ދިޔަ މަސައްކަތުގައި އެންމެފަހުން ޔޫރޯގައި ފެއިލްވީ ސެމީ ފައިނަލާ ހަމައިންނެވެ. ފްރާންސުން ސެމީގައި ސްޕެއިނާ ދެކޮޅަށް ކުޅެ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. ސެމީ މެޗުގައި ފްރާންސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް، އޭގެ ކުރިން އެޓީމަށް އޯޕަން ޕްލޭއެއްގައި ގޯލެއްވެސް ޖެހިފައެއް ނުވެއެވެ. ގްރޫޕް ސްޓޭޖުގައި ހޯދީ އެންމެ މޮޅެކެވެ. އެއީ އޮސްޓްރިއާ ކައިރިން ހޯދި މޮޅެކެވެ.
އެ ކުޅުމާއެކު ޑިޝޭމްޕްސް ވަކިކުރާނެ ކަމަށް ބެލެވުނު ނަމަވެސް، އެފްއޭއިން ބުނީ ވޯލްޑް ކަޕާ ހަމައަށް ޑިޝޭމްޕްސް ހުންނާނެ ކަމަށެވެ. ޑިޝޭމްޕްސް ވޯލްޑް ކަޕާ ހަމައަށް ހުންނާނެ ކަމަށް ނޫސްތަކުން ޔަގީންކޮށްދީފައިވާ އިރު، ފްރާންސްގެ ލެކީޕް ނޫހުން ބުނީ ވޯލްޑް ކަޕް ނިމުމާއެކު ޑިޝޭމްޕްސް މަގާމު ދޫކޮށްލަން ނިންމާފައިވާ ކަމަށާއި އެކަން މިހާރު ފައިނަލްވެސް ކޮށް، އިއުލާނުކުރަން ތައްޔާރުވެފައިވާ ކަމަށެވެ.
ފްރާންސް
ފްރާންސް
ފްރާންސް
ފްރާންސް