ރެއާލް މެޑްރިޑުން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ވިނީޝިއަސް ޖޫނިއާއަށް ދެއްކި ރަތް ކާޑަށް އިތުރަށް ދިން އަދަބެއްގެ ގޮތުގައި، ލީގުގެ ކުރިއަށް އޮތް ދެމެޗަށް ސަސްޕެންޑް ކޮށްފިއެވެ.
އުމުރުން 24 އަހަރުގެ ބްރެޒިލް ފޯވަޑް ވިނީޝިއަސްއަށް ވެލެންސިއާ މެޗުގައި ރަތް ކާޑު ދެއްކީ ވެލެންސިއާގެ ކީޕަރު ސްޓޯލް ޑިމިޓްރިއެވްސްކީގެ މޫނު މަތީގައި ޖެހުމުންނެވެ. އެއީ ބޯޅަ ނެތި ވިނީޝިއަސް ކުރި ފައުލެކެވެ.
އެ މެޗުން ރެއާލް 2-1 އިން މޮޅުވެފައިވާ އިރު، ރެއާލުން ފަހުންވަނީ އެ ރަތް ކާޑު މައާފުކޮށްދޭން އެދިފައެވެ. އެޓީމުގެ ކޯޗު އެންޗެލޮޓީ ބުނީ އެއީ ރަތް ކާޑެއް ނޫން ކަމަށާއި، އޭނާގެ ނަޒަރުގައި ވިނީޝިއަސްއަށް ދައްކަން ޖެހޭނީ ރީނދޫ ކާޑެއް ކަމަށެވެ.
އޭރުވެސް ނޫސްތަކުން ބުނީ ވިނީޝިއަސްއަށް ސަސްޕެންޝަނެއް އައުން ގާތް ކަމަށެވެ. އެހެން ހީވެފައި އޮއްވާ ލަ ލީގާއިން ރޭ ނިންމީ ވިނީޝިއަސް ލީގު ދެމެޗަށް ސަސްޕެންޑް ކުރާށެވެ. އެހެންކަމުން ރެއާލުން ދެން ލަސް ޕަލްމާސްއާއި ވަލަޑޮލައިޑާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ވިނީޝިއަސްއަށް ނުކުޅެވޭނެއެވެ.
އެހެންނަމަވެސް، މި ހަފުތާ އޮންނަ ސްޕެނިޝް ސުޕަ ކަޕް މެޗުގައި ވިނީޝިއަސްއަށް ކުޅެވޭނެއެވެ.
ވިނީޝިއަސްގެ ރަތް ކާޑާއެކު ބައެއް ފާޑުކިޔުންތައް އަމާޒުވުމުން އޭނާގެ ދިފާއުގައި އެންޗެލޮޓީ ވާހަކަ ދައްކާފައިވާ އިރު، ކޯޗު ބުނީ ނަސްލީ ތަފާތުކުރުމާއި އެހެނިހެން ބައެއް ފުރައްސާރައިގެ ސަބަބުން ވިނީޝިއަސްއަށް އަބަދުވެސް ޕްރެޝަރު ބޮޑު ކަމަށާއި، އެ ޕްރެޝަރާ ކުރިމަތިލުމަކީ އުނދަގޫ ކަމެއް ކަމަށެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް