ވެލާނާ އިންޓާނޭޝަން އެއާޕޯޓު (ވީއައިއޭ)ގައި ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގައި ކާރު ދުއްވަން އިން މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުދާދެމުން އެބަދެއެވެ.
ޕޮލިސް މީޑިއާއިން ''ވަން" އަށް މިއަދު ބުނީ އެއާޕޯޓުގައި ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގުމާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގާފައިވަނީ މިއަދު 9:45 ހާއިރު ކަމަށާއި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާއަށް އަނިޔާވެގެން ފަރުވާ ދިނުމަށް ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށް ކަމަށެވެ.
އެކްސިޑެންޓު ހިނގީ މަގު ޑިވައިޑް ކުރަން ހުންނަ ޑިވައިޑާ ތަކުގައާއި ވޭނެއްގައި ކާރު ޖެހުމަށްފަހު ޕިކަޕެއްގެ ފަހަތުގައި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.
އެ އެކްސިޑެންޓުގައި ކާރުގެ ފަހަތުގައި އިން މީހާއަށް އަނިޔާވެެގެން އެއާޕޯޓު ކްލިނިކުގައި ފަރުވާ ދީފައިވާ ކަމަށާއި އަދި އެ މިހާއަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާކަަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު