އާސެނަލްގެ އިންގްލެންޑް ތަރި، ބުކަޔޯ ސަކާއަށް ލިބިފައިވާ އަނިޔާ ސީރިއަސް ކަމަށާއި، ދެ މަހަށްވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާކަން ޔަގީން ކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.
ސަކާ، 23، އަށް އަނިޔާވެގެން ބާލަން ޖެހިފައިވަނީ އާސެނަލުން ލީގުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުން އާސެނަލް 5-1 އިން މޮޅުވި އިރު، ސަކާއަށް އަނިޔާވެ ބާލަން ޖެހުންވީ ބޮޑު މާޔޫސްކަމަކަށެވެ.
ސަކާ މިހާތަނަށް ސީޒަނުގައި ކުޅުނު 24 މެޗުގައި 13 އެސިސްޓް ހަދައި، ނުވަ ގޯލު ޖަހާފައިވެއެވެ. ސަކާއާ ނުލައި އެންމެފަހުން ކުޅުނު މެޗުގައި އިޕްސްވިޗް ކައިރިން އާސެނަލް 1-0 އިން މޮޅުވި އިރު، އެ މެޗަށްފަހު އާޓެޓާ ބުނީ ސަކާ ދެ މަހަށްވުރެ ގިނަ ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭ ކަމަށެވެ.
"ސަކާއަށް ވަނީ ފަރުވާއެއް ހޯދަން ޖެހިފައި. އެ ޕްރޮސީޖާ ދިޔައީ ރަނގަޅަށް. އަހަރެން ކުރިންވެސް ބުނިން ހަފުތާ ތަކަކަށް ކުޅުމާ ދުރަށް ދާން ޖެހޭނެކަމަށް. އެހެންވީމަ މިހާރު އެނގޭ ދެ މަހަށްވުރެ ގިނަ ދުވަަހަށް ސަކާ ކުޅުމާ ދުރަށް ދާން ޖެހޭނެކަން. ސީދާ ޑޭޓެއް އަދި ދޭކަށް ނޭނގެ،" އާޓެޓާ ބުންޏެވެ.
އާޓެޓާ ބުނީ ސަކާއާ ނުލައި ނަތީޖާ ނެރޭނެ ގޮތެއް ވިސްނަމުން އަންނަ ކަމަށާއި، މީގެ ކުރިންވެސް މުހިއްމު ކުޅުންތެރިންނަށް އަނިޔާވުމުގެ މައްސަލަތަކާ ޓީމުން ކުރިމަތިލާފައިވާނެ ކަމަށެވެ.
އާސެނަލް
އާސެނަލް
އާސެނަލް
އާސެނަލް