ރާއްޖޭގެ ޓުއާގައިޑުން އަދި ބޭރުގެ ޓްރެވަލް އޭޖެންޓުން ސެޓިފައިޑް މީހުންނަށް ހަދަން ނިންމައިފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފިއެވެ.
އަންނަ އަހަރަށް ރާވާފައިވާ ޕްރޮގްރާމުތަކުގެ މައުލޫމާތު ހިއްސާކުރުމަށް އެމްއެމްޕީއާރުސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ ވިޒިޓް މޯލްޑިވްސް، އެކަޑަމީއެއްގެ އިތުރުން ރާއްޖޭގެ އެކްސްޕާޓުންތަކެއް ހިމެނޭހެން، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެެންޔޫ) އާ ގުޅިގެން އޮންލައިން ކޯސްތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.
"ރާއްޖެއިން ބޭރުގައި ތިބޭ ޓްރެވަލް އޭޖެންޓުން ކޯސް ފުރިހަމަކުރީމަ އަޅުގަނޑުމެން ސެޓްފިކެޓެއް ދިނީމަ އެއީ ސެޓިފައިޑް ބަޔަކަށް ވެގެން މިދަނީ. އެހެންވީމަ އޭގެންވެސް ރާއްޖެއާ ބެހޭ މައުލޫމާތު، އޭގެން ދަސްކޮށް، ނޫނީ އޭގެ ތުރޫކޮށް ސައްހަ މައުލޫމާތު އެމީހުންނަށް ލިބިގެން، ސެޓިފައި ކުރާ ބައެއް ވެއްޖެއްޔާ އެމީހުންނަށް ރަނގަޅު މައުލޫމަތު ދީގެން ރާއްޖެ އިސްތިހާރު ކުރުމުގެ ފުރުސަތު އަޅުގަނޑުމެން ހޯދައިދެނީ،" ޝިއުރީ ވިދާޅުވިއެވެ.
ޝިއުރީ ވިދާޅުވީ އޭގެ ތެރޭގައި ރާއްޖޭގެ ޓުއާގައިޑުންގެ އިތުރުން ރާއްޖެއިން ބޭރުގައި ތިބޭ ޓްރެވަލް އޭޖެންޓުންނަށްވެސް އެ ފުރުސަތު ހުޅުވާލާނެ ކަމަށާއި އޭރުން އެމީހުންނަކީ ރާއްޖޭގެ ސެޓިފައިޑް ސްޕެޝަލިންޓުންނަށް ވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
"ޓުއާގައިޑުން އެކަންޏެއްވެސް ނޫން. ޓުއާގައިޑުން އަދި ހަމަ ރާއްޖެއިން ބޭރުގައި ތިބޭ ޓްރެވަލް އޭޖެންޓުންނަށްވެސް
އޭރުން އެމީހުން ޑެސްޓިނޭޝަން ސްޕެލިސްޓަކަށް ވެވޭނެ. ވިސިޓް މޯލްޑިސްވް އިން ސެޓިފައިވާ ޑެސްޓިނޭޝަން ސްޕެލިސްޓެއް،" އޭނާ ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒް ވިދާޅުވީ ހާއްސަކޮށް ޔޫރަޕް ފަދަ ގައުމުތަކުން އެ ރިކުއެސްޓް ގިނައިން ލިބެމުން އަންނަ ކަމަށާއި ސެޓިފައިޑް ވީމަ ބޭރު ގައުމުތަކުގައި ރާއްޖެ ތަމްސީލުކޮށް އިތުރު ފަތުރުވެރިން ރާއްޖެ ގެނައުމަށް އެހީއަކަށްވާނެ ކަމަށެވެ. އަދި ޓުއަރިޒަމް އިންޑަސްޓްރީގެ ގިނަ ބައެއްގެ މަޝްވަރާތަކަށްފަހު އެ ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
"އިންޑަސްޓްރީގެ ފީޑްބެކަށް ބަލާފައި މި ޗޭންޖާސްތައް މި ގެންނަނީ. ފޯކަސްކުރަނީ ރާއްޖެއަށް ޑިމާންޑް ކްރިއޭޓް ކުރަން. 20 މިލިއަން މީހުން ރާއްޖެ ސާޗްކޮށްފައި އެބަހުރި. އެކަމަކު އޭގެން ކޮންވާޓް ވަނީ ދެ މިލިޔަން،" ގިޔާސް ވިދާޅުވިއެވެ.
އިންސްޓާގްރާމްގައި ކުރިއަށްގެންދިޔަ "ވިންޓާ އިސް ބްލޫ" ކެމްޕެއިނުން އެއް މަސްދުވަހުގެ ތެރޭގައި 22 މިލިޔަން ޔުނިކް އިންޕްރެޝަންސް ލިބުނު ކަމަށާއި އަދި އިންޓާނޭޝަނަލް ޑިޖިޓަލް މާކެޓުތަކެއްވެސް އަންނަ މަހު ފެނިގެންދާނެ ކަމަށްވެސް ގިޔާސް ވިދާޅުވިއެވެ.
"ކުރީގައި ބަޖެޓުގެ ބޮޑުބައި ދަނީ ފެއާތައް ބޭއްވުމާއި ފެއާ އޯގަނައިސްކުރަން. އެއަށްވުރެ މި ބަލަނީ ކެމްޕެއިންތަކަށް،" ގިޔާސް ވިދާޅުވިއެވެ.
- ރާއްޖޭގެ ހުރިހާ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ކުރިއަށްގެންދަން ނިންމާފައިވާ ޕްރޮގްރާމްތަކުގެ ތަފްސީލު ހިމެނޭ ޑިޖިޓަލް ކަލަންޑަރެއް ނެރުން
- "ވިސިޓް މޯލްޑިވްސް ވީކްލީ" އިވެންޓުތައް (އޭގެ ތެރޭގައި ޔުނިވާސިޓީ ކެމްޕަސްތަކާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމްތައް، ފުޑްޓްރަކްތަކަކާއި މީޑިއާ ބްރެކްފަސްޓް އިވެންޓުތައް، ބީޗް ޓު ސީގެ އިވެންޓުތައް އަދި އެކިއެކި ކަލަންޑަރީ ހަރަކާތްތައް ހިމެނޭ)
- ވިޒިޓް މޯލްޑިވްސް ވާޗުއަލް ޝޮޕެއް ތައާރަފުކުރުން (ދިވެހި އުފެންދުންތެރި އަމިއްލަ ހިޔާލު ގެންގުޅޭ މީހުން އުފައްދާ ތަކެތި، ދިވެހި އުފެއްދުންތައް ފަސޭހައިން ފަތުރުވެރިންނަށް އޮންލައިންކޮށް ގަނެވޭނެ އިންތިޒާމުތައް ހަމަޖެއްްސުން)
ޚަބަރު
ޚަބަރު
ޚަބަރު