ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންގެ ނެޓްވޯކެއް އަތުލައިގެންފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރާ ބިދޭސީން ހޯދުމަށް އެ އިދާރާ އާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އިންސްޕެކްޝަން ތަކެއްގައި ނުވަ ބިދޭސީއަކު ހިފަހައްޓާފައިވާ ކަމަށެވެ. އެއީ ވިއެޓްނާމުގެ ހަ އަންހެނަކާއި ޔުގަންޑާގެ އަންހެނަކާއި ބަންގުލަދޭޝްގެ ދެ ފިރިހެނެކެވެ.
އިމިގްރޭޝަނުން ބުނީ، ބަންގްލަދޭޝްގެ ދެ ފިރިހެނުންނަކީ އެ ނެޓްވޯކުގެ އެޖެންޓުން ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށްފަހު، ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް އޭގެ ތެރެއިން ތިން އަންހެނަކު މިހާރު ޑީޕޯޓްކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި ބާކީ ތިބި ބިދޭސީން ޑީޕޯޓްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
އިމިގްރޭޝަނުން މީގެ ކުރިންވެސް ވަނީ ހަށިވިއްކާ ނެޓްވޯކްތައް އަތުލައިގަނެ. އެ މީހުން ޑީޕޯޓްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު