ކިންގްޑަމް އޮފް ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، މައްޗަންގޮޅި ތަޅަމުދިގެ، ފުއާދު ތައުފީގް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.

ފުއާދު ތައުފީގަށް މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ފުއާދު ތައުފީގު ތައިލެންޑަށް ހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބަސެޑާ އެޓް ލާޖްގެ މަގާމުގައެވެ.

ތައިލެންޑުގައި ހުންނަ ރާއްޖޭގެ ސަފީރުކަމަށް ފުއާދު ހަމަޖައްސަން މަޖިލީހުން ފާސްކުރީ، މިމަހު ނުވަވަނަ ދުވަހުއެވެ.

ސިޔާސީ މަގާމަށް އައްޔަން ކުރެވުމުގެ ކުރިން ފުއާދު ހުންނެވީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައެވެ.