މާލޭގެ ގެއަކުން ދުން އަރާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ ހ. ނީސް ގޭގެ ނުވަ ވަނަ ފަންގިފިލާއިން ދުން އަރާތީ ފަޔާ އެންޑް ރެސްކިއުއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

އެސަރަހައްދުގައި ހަރަކާތްތެރިވާ "ވަން" ގެ ނޫސްވެރިޔާ ބުނި ގޮތުގައި އެ އިމާރާތުން ދުން އަރާތީ، އިމާރާތުން މީހުން ހުސްކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދު ވެސް މިހާރު ބަންދުކޮށްފައިވާ ކަމަށެވެ.

ނޫސްވެރިޔާ ބުނި ގޮތުގައި ދުން އަރަނީ ސްކައިފޯލް ރެސްޓޯރެންޓް ހުންނަ އިމާރާތުގެ ނުވަ ވަނަ ފަންގިފިލާގެ ކޮޓަރިއަކުންނެވެ.