ސްޕެނިޝް ލީގުގެ އެއްވަނައިގައި މިވަގުތު އޮތް ބާސެލޯނާއިން ރޭ ކުޅުނު މެޗުގައި ލެގާނޭސް އަތުން ބަލިވެ، އެޓީމަށް އެއްވަނަ ގެއްލުމުގެ ބިރު ބޮޑުވެއްޖެއެވެ.
ބާސާއިން ރޭ އަމިއްލަ ދަނޑުގައި ލެގާނޭސް އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ބާސާ މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ފަރަގުންނެވެ.
އެޓީމުން މިހާތަނަށް ލީގުގައި ކުޅުނު 18 މެޗުން 38 ޕޮއިންޓް ހޯދާފައިވާ އިރު، ބާސާއަށްވުރެ އެއް މެޗު މަދުން ކުޅެ، އެތުލެޓިކޯ މެޑްރިޑް ދެވަނައިގައި އޮތީވެސް އެ އަދަދަށް ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް ރެއާލް މެޑްރިޑަށް 17 މެޗުން 37 ޕޮއިންޓް ލިބިފައިވެއެވެ.
ރޭގެ މެޗުގެ ކުރީކޮޅުގައި ލެގާނޭސްއިން ބާސާ ކޮޅަށް ގޯލު ޖެހި އިރު، އެ ގޯލަކީ ސާޖިއޯ ގޮންޒާލޭސް ބޮލުން ޖެހި ގޯލެކެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ އޮސްކާ ރޮޑްރިގޭޒްއެވެ.
މެޗު ޑޮމިނޭޓްކޮށް ކުޅުނީ ބާސާއިން ނަމަވެސް އެޓީމަށް އެންމެ ފުރުސަތެއްގެވެސް ބޭނުން ހިފިފައެއް ނުވެއެވެ. ބާސާއިން ރޭ ޖުމުލަ 20 ހަމަލާއެއް އުފެއްދި އިރު، އެލެކްސް ބާލްޑޭގެ ހުރަހަކުން ރަފީނިއާ ފޮނުވާލި ވޮލީއެއް އަމާޒުވީ ދަނޑިއަށެވެ. އެއީ ގޯލެއް ޖެހުމާ ބާސާ އެންމެ ގާތަށް ޖެހިލި ފުރުސަތެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ