ސްޕެނިޝް ލީގުގައި ރޭ ޗެމްޕިއަން ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ރަޔޯ ވެޔެކާނޯ ކައިރިން އެއްވަރުވެއްޖެއެވެ.
ރަށުން ބޭރުގައި ރެއާލުން ރޭ ވަޔެކާނޯ ކައިރިން އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތް އިރު، މޮޅަކާއެކު ތާވަލުގެ އެއްވަނައަށް އަރަން ރެއާލަށް ފުރުސަތު އޮތެވެ. އެހެން ނަމަވެސް، މެޗު އެއްވަރުވުމުން މިވަގުތުވެސް އެއްވަނައިގައި އޮތީ ބާސެލޯނާއެވެ.
ބާސާ އެއްވަނައިގައި އޮތި 17 މެޗުން 38 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ރެއާލުން އެ އަދަދަށް މެޗު ކުޅެގެން 37 ޕޮއިންޓް ހޯދާފައިވާ އިރު، މި ސީޒަނުގެ ލީގު ތަށްޓަށްވސް އެންމެ ވާދަވެރިކޮށް ދަނީ އެދެޓީމެވެ.
ރޭގެ މެޗުގެ ކުރީކޮޅުގައި ވަޔެކާނޯން ލީޑު ނެގީ އުނައި ލޮޕޭޒް ޖެހި ގޯލުންނެވެ. އެއާއެކު ވަޔެކާނޯން ހިތްވަރުގައި ކުޅެ، ދެވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލު ޖަހައިދިނީ އަބްދުލް މޫމިން ޖެހި ގޯލެކެވެ.
އެ ދެގޯލުން ވަޔެކާނޯ ލީޑު ކޮށްގެން ހާފު ނިމެން ދިޔަ ނަމަވެސް، މެޗުގެ 39 އަދި 45 މިންޓުގައި ގޯލުތައް ޖަހައި ރެއާލުން އެއްވަރުކުރިއެވެ. އެ ގޯލުތައް ޖެހީ ފެޑެރީކޯ ވަލްވާޑޭއާއި ޖޫޑް ބެލިންހަމްއެވެ. ދެވަނަ ހާފު ފެށުނު އިރު، ރެއާލް ރަނގަޅު ފޯމެއްގައި އޮވެ އަލުން ލީޑު ހޯދިއެވެ.
އެ ގޯލު ޖެހީ ރޮޑްރީގޯއެވެ. އަނިޔާގެ ސަބަބުން ކިލިއަން އެމްބާ ޕަދަ ކުޅުންތެރިން ރޭގެ މެޗުގައި ކުޅެފައިނުވާ އިރު، ރެއާލް އެއްވަރުވީ 64 ވަނަ މިނެޓުގައި ވަޔެކާނޯގެ އައިސީއައި ޕްލަޒޮން ޖެހި ގޯލުންނެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ