ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކިހިނެތް ހިނގި ހާދިސާއެއްކަން ދަންނަވަން އަދި ދަތި ކަމަށާއި އެ ހާދިސާ ތަހުގީގު ކުރަނީ ރާއްޖޭން ބޭރުގެ ޓީމަކާ ގުޅިގެން ކަަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
އެ ހާދިސާއާބެހޭ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ މިއަދު ވިދާޅުވީ، އެކަމުގެ ފުރިހަމަ ތަހުގީގެެއް ކުރައްވާނެ ކަމަށެވެ.
"މި ވަގުތުގައި ރާއްޖެން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯދާނަން، އަދި އެކަން ވީހާވެސް އަވަހަކަށް ކުރިއަށް މި އޮތް ދެތިން ދުވަހުގެ ތެރޭގައި އެ ޓީމުން އަޅުގަނޑުމެންގެ އިންވެސްޓިގޭޝަން ޓީމާއެކު މަސައްކަތް ކުރެވޭނެ މިންވަރަށް ކަންތަައްތައް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާުރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް އެބަ ކުރަން،" ސީޕީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެކަން ކުރުުމުގެ ބޭނުމަކީި އެ ހާދިސާއަކީ ބޮޑު އަލިފާނުގެ ހާދިސާއަކަށްވެފައި، އެކަން ހިނގި ގޮތް ރައްޔިތުންނަށްވެސް އެނގެން ބޭނުންވުމާއި ކުރިއަށް އޮތްތަނުގައި އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށް މުހިންމު މައުލޫމާތުތަކަކަށްވުން ކަމަށެވެ.
އެތަނުގައި ރޯވި އަލިފާން ނިވި ފުލުހުންނަށް މިހާރު ސައިޓް ލިބިފައިވާތީ ފުލުހުނުްގެ ފޮރެންސިކް ޓީމުން ސައިޓްގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އެ ތަނުން ނަގަންޖެހޭ ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ތަނުގެ ވަށައިގެން ހުރި ސީސީޓީވީ ފުޓޭޖު ނަގައި އެނަލިސިސް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
"އެންމެފުރަތަައެ މަންޒަރުދުއްމީހުންގެ ބަޔާންތައް ނެގުމުގެމަސައްކަތްވެސް އެބަކުރެވޭ އެވަގުތު އެތާތިބި ބައެއް ފަރާތްތަކަކީ އެހާދިސާގެ މައުލޫމާތު އެންމެފުރަތަަ ލިބޭނެކަމަށް ގަބޫލު ކުރެވޭ ފަރާތްތައް ކަމަށްވާތީ، އެ ފަރާތްތައް ހޯދައި ސުވާލުކުރުުގެ މަސައްކަތްވެސް ކުރެވެމުން އެބަދޭ، އެކަމާބެހޭ އެއްވެސް މައުުލޫމާތެއްް ހިއްސާކުރަން ބޭޏުންނަަމ އެކަމަށް ފަސޭހަ ގޮތެއް ހަަހަަޖއްސައި އިއުލާންކުރާނަން،" ސީޕީ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު