އުމްރާއަށް ދާން މާލެ ސިޓީ ކައުންސިލްގެ ދިވެހި މުވައްޒަފަކު އެއްކުރި 4،000 އެއްހާ ޑޮލަރު، މިއަދު ރޯވި އިމާރާތުގެ ތެރޭގައި ރައްކާކޮށްފައި ހުއްޓައި ސިފައިން ވަދެ އެ ހޯދައިދީފިއެވެ.
އެނގިފައިވާ ގޮތުގައި މި މަހު އުމްރާއަށް ދިއުމަށް ތައްޔާރުވެ ފައިސާ ރައްކާކޮށްފައި ހުރީ، މާލެ ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަންގައި މަސައްކަތު މީހަކަށް އުޅޭ ފިރިހެނެކެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް "ވަން" އަށް މިއަދު ވިދާޅުވީ، އެ މީހާ އެ ޑޮލަރުތައް ބަހައްޓާފައި ހުރީ އޮފީހުގެ ލޮކަރެއްގައި ކަމަށާއި އެއީ ގާތްގަނޑަކަށް 4،000 ޑޮލަރު ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ފައިސާތައް ހޯދަން ސިފައިން ވަން އިރު، އަލިފާންގަނޑު ކޮންޓްރޯލެއް ނުވެއެވެ.
މިއަދު ހެނދުނު 6:30 ހާއިރު ހައުސިން މިނިސްޓްރީގައި ރޯވެފައިވާ އިރު، އަލިފާންގަނޑު ވަނީ މިހާރު ކޮންޓްރޯލްކުރެވިފައެވެ. އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ ރޯވިތާ ގާތްގަނޑަކަށް ހަތަރު ގަޑިއިރު ފަހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު