އަމިއްލަ ފަރާތެއް ކަމަށްވާ ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގޯލްޑް ކަޕްގެ ފުރަތަމަ ބުރުގައި ބ. އޭދަފުށިން ތ. ތިމަރަފުއްޓާ ދެކޮޅަށް ކުޅުނު މެޗުގައި ނުރައްކާތެރި ފައުލެއް ކުރި ގޯލްކީޕަރު އަލީ އަޖްފާން އަމްޖަދު އެއް އަހަރު ދުވަހަށް ސަސްޕެންޑް ކޮށްފިއެވެ.

އަޖުފާން ކުރި ފައުލުގެ މައްސަލަ ނައިންޓީ ޕްލަސްގެ ޑިސިޕްލިނަރީ ކޮމިޓީން ބަލާފައިވާ އިރު، ސަސްޕެންޑް ކުރި ސަބަބަކީ "ވަޔަލަންޓް ކޮންޑަކްޓް" އަކަށް ފައުލްވާތީއެވެ.

ނައިންޓީ ޕްލަސްގެ މުބާރާތްތަކުން އަޖުފާން އެއް އަހަރަށް ސަސްޕެންޑް ކުރުމުގެ އިތުރުން އަދަބެއްގެ ގޮތުގައި 5،000 ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައިވެއެވެ. އޭގެ އިތުރުން ނައިންޓީ ޕްލަސްއިން ވަނީ މާފުށީ ސަޕޯޓަރުން ދަނޑަށް އެރި މައްސަލަވެސް ބަލައިފައެވެ.

އެ މައްސަލައިގައި މާފުށީ ޓީމު 3،000 ރުފިޔާއިން ޖޫރިމަނާކުރަން ނިންމާފައިވެއެވެ.