މިއަހަރުގެ މަސްވެރީންގެ ދުވަހާ ގުޅުވައިގެން ކުޑަކުދީންގެ ހަވީރެއް ބާއްވަން ނިންމާފައިވާ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން އިއްޔެ ބުނީ "މަސްވެރި ހަވީރު"ގެ ނަމުގައި ބާއްވާ އެ ހަވީރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި އެ ދުވަހުގެ 16:00 އިން 18:00 އަށް ކަމަށެވެ.

އެ ހަވީރު ކުރިޔަށްގެންދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)، ޕޮލިސް، ފިޝަރީޒް މިނިސްޓްރީ، އެމްއެންޑީއެފް އަދި ވެމްކޯ ބައިވެރިވެގެންނެވެ.

ކުޑަކުދީންނަށް މަޖާ ގޭމްތަކާއެކީ ކުރިޔަށްގެންދިއުމަށް ނިންމާފައިވާ އެ ހަވީރުގައި ރޮބޯމޭންއާއި ބައްދަލުވުމުގެ ފުރުސަތު އަދި މެޖިކް ޝޯއެއް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.