މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މަދަނީ މުވައްޒަފުންނަށް ލިބެންޖެހޭ ބައެއް އެލަވަންސްތައް ނުދޭ މައްސަލައާގުޅޭ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހުގެ ޕެޓީޝަން ކޮމިޓީއަށް ހުށަހަޅައިފިއެވެ.
ޕެޓިޝަން ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު، ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ ވިދާޅުވީ، އެ މުވައްޒަފުންނަށް އެލަވަންސް ނުލިބޭ މައްސަލަ ކޮމިޓީއަށް ހުށަހަޅާފައިވާތީ، އެކަމާމެދު ގޮތެއް ނިންމުމަށް މެންބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
އެ މުވައްޒަފުންނަށް ނުލިބޭ ކަމަށް ބުނާ އެލަވަންސްތަކުގެ ތަފުސީލެއް އޭނާ ވިދާޅެއް ނުވެއެވެ.
އެކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދަން ބޭނުންވާތީ، އެ މުވައްޒަފުންގެ ފަރާތުން ލިޔުމުން އެކަމާބެހޭ މައުލޫމާތު ހޯދުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާންއެވެ. އެކަމަށް ތާއީދު ކުރެއްވީ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒްއެވެ. ކޮމިޓީތަކުގައި ތިއްބެވި މެންބަރުން ވަނީ އެ ހުށަހެޅުން ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު